މޫދަށް ކުނި އެޅުމުން 45،000 ރުފިޔާ އިން ތުލުސްދޫ ކައުންސިލް ޖޫރިމަނާކޮށްފި

ކ. ތުލުސްދޫ: މޫދަށް ކުނި އެޅުމުން 45،000 ރުފިޔާއިން އިން ތުލުސްދޫ ކައުންސިލް ވަނީ ޖޫރިމަނާކޮށްފައި --

ކ. ތުލުސްދޫގައި ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުން އަންނަ މައްސަލައިގައި އެ ރަށު ކައުންސިލް ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުން ދަނީ ކުނި މެނޭޖު ކުރުމާބެހޭ ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ.

އެހެންވެ، ކުނި މެނޭޖް ކުރުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކޮށްފައިވާތީ، އެ މައްސަލަ ބެލުމަށްފަހު، 45،000 ރުފިޔާ އިން ތުލުސްދޫ ކައުންސިލް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭ އިން ބުންޏެވެ.

މި ފައިސާ ދައްކަން ޖެހެނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ 30 ދުވަހުގެ ތެރޭގައެވެ.

އީޕީއޭ އިން ބުނީ ތުލުސްދޫ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އެޅުން ވަގުތުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އަދި ކައުންސިލް އިދާރާގެ މައްޗަށް އަޅާ އިދާރީ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖް ކުރުމުގެ ޕްލޭން ތައްޔާރުކޮށް، އެ އެޖެންސީއަށް ހިއްސާ ކުރުމަށް ވެސް ކައުންސިލަށް ވަނީ އަންގާފައެވެ.

comment ކޮމެންޓް