އަނިޔާގެ ސަބަބުން ތިއާގޯ ހަފުތާތަކަކަށް ކުޅުމާ ދުރަށް

ތިއާގޯއަށް އަނިޔާވެ ދަނޑުން ބޭރުގައި ފަރުވާދެނީ---

އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ލިވަޕޫލްގެ ތަރި ތިއާގޯ އަލަކަންޓާރާއަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ހަފުތާތަކަކަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

މިދިޔަ ހަފްތާގައި ބްރައިޓަން އާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ 51 ވަނަ މިނެޓުގައި ތިއާގޯއަށް އަނިޔާވެ އޭނާ ވަނީ ދަނޑުން ބާލައިފައެވެ.

ފައިގެފަލަ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މަދުވެގެން ހަ ހަފުތާއަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެކަމަށް ކުޅިވަރު ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ލިވަޕޫލްގެ މެދު ތެރޭގައި ތިއާގޯއަކީ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. އެ ޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ނަބީ ކެއިޓާގެ އިތުރުން އޮކްސްލޭޑް ޗެމްބަލިންއާއި ކާޓިސް ޖޯންސްއަށް ވެސް އަނިޔާގެ ސަބަބުން އަދި ކުޅުމުގައި ބައިވެރިނުވެވެއެވެ.

އެހެންކަމުން ދިގު މުއްދަކަށް ލިވަޕޫލަށް ޖެހޭނީ ތިއާގޯއާ ނުލައި ކުޅޭށެވެ. އޭނާއަށް އަނިޔާވެ ކުޅުން ހުއްޓާލަން ޖެހުނު މެޗުގައި ވެސް ލިވަޕޫލް ވަނީ ފުލްހަމްއާ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

އުމުރުން 31 އަހަރުގެ އާގޯއަކީ 2020 ވަނަ އަހަރު ޖަރުމަނުގެ ބަޔާން މިއުނިކުން ލިވަޕޫލަށް ގެނައި ކުޅުންތެރިއެކެވެ. އޭގެ ފަހުން އޭނާ ވަނީ ލިވަޕޫލަށް 50 މެޗު ކުޅެދީ ދެ ގޯލު ޖަހައިފައެވެ.

ބަޔާނުގައި ހޭދާކުރި ހަތް އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ 150 މެޗު ކުޅެ 17 ގޯލު ޖަހައިފައެވެ. ބާސެލޯނާގެ އެކެޑަމީން ވިދާލި ތިއާގޯ ވަނީ ބާސާއަށް ވެސް މޮޅު ކުޅުމެއް ދައްކަ ދީފައެވެ. އެ ޓީމަށް ކުޅުނު 68 ވަނަ މެޗުގައި އޭނާ ހަތް ގޯލު ޖެހިއިރު ސްޕެއިންގެ ގައުމީ ޓިީމަށް 46 މެޗު ކުޅެދީ ދެ ގޯލު އޭނާ ވަނީ ޖަހައިފައެވެ.

comment ކޮމެންޓް