ކުދިންގެ އިންޓަވަލްއަށް އެންމެ ކޮލިޓީ، މީރު، ފައިދާހުރި ތަކެތި ވިލާ މާޓުން

ވިލާ މާޓުގެ ފިހާރަައަކުން އާއިލާއެއް ވިޔަފާރިކުރަނީ

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިގެން ކުރިއަށް ދާން ފަށާފައިވާއިރު، ގިނަ ބެލެނިވެރިންގެ އެންމެ ބޮޑު ފިކުރަކަށް ވާނީ ސްކޫލަށް ފޮނުވާ ކުދިންގެ އިންޓަވަލްއަށް ސިއްހަތަށް ފައިދާހުރި، ކޮލިޓީ ރަނގަޅު ތަކެތި ހޯދުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު، އަދި އާންމުންގެ އިތުބާރު ހޯދާފައިވާ ކޮލިޓީ އެތައް ބްރޭންޑެއްގެ އުފެއްދުންތަކާއެކު، ވިލާ މާޓުން ދޭ ޔަގީންކަމަކީ ކުދިންގެ އިންޓަވަލްއަށް ބެލެނިވެރިން ބޭނުންވާފަދަ އުފެއްދުންތައް އެއްތަނަކުން އެ ފިހާރައިން ލިބޭނެ ކަމެވެ.

ކިރާއި ޖޫހުގެ އުފެއްދުމަށް މެދުއިރުމަތީގެ އެއްވަނަ ބްރޭންޑުގެ ގޮތުގައި ފާހަގަކުރެވޭ އަލްމާރާއީ އަކީ ދިވެހިންނަށް އާ ބްރޭންޑަކަށް ނުވާނެއެވެ. ޚާއްސަކޮށް ހައްޖާއި އުމްރާއަށް ދާ ދިވެހިންނަށް މި ބްރޭންޑުގެ ކޮލިޓީ އުފެއްދުންތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވާނީ ލިބިފައެވެ. އެ ބްރޭންޑުގެ ކިރާއި ޖޫހުގެ ބާވަތްތަކުގެ ހުރިހާ ސައިޒެއް ވިލާ މާޓުން ލިބެން ހުރިއިރު، އޭގެ ތެރޭގައި ކުދިންނަށް އެންމެ އެކަށޭނަ ބާވަތްތައް ވެސް ހިމެނެއެވެ.

ވިލާ މާޓުގެ ފިހާރަައަކުން އާއިލާއެއް ވިޔަފާރިކުރަނީ

އެގޮތުން، އެ ބްރޭންޑުގެ އުފެއްދުންތަކުގެ ތެރެއިން ސްޓްރޯބެރީ އަދި ޗޮކޮލެޓުގެ ރަހައިގެ 200 މިލިލީޓަރުގެ ކިރުޕެކެޓާއި، ފުލް ކްރީމް 150 މިލިލީޓަރުގެ ކިރު ޕެކެޓަކީ މިހާރު ވެސް ގިނަ ކުދިންނަށް ކަމުދާ، އަދި ބެލެނިވެރިންގެ ތެރޭގައި މަގުބޫލު އުފެއްދުންތަކެކެވެ. މީގެ އިތުރުން 140 މިލިލީޓަރުގެ، އެކި ރަހަތަކުގެ ޖޫސް ޕެކެޓު ތަކަކީ ވެސް މަގުބޫލު އުފެއްދުންތަކެކެވެ.

ޔޫރަޕުގެ ފެނާ ބްރޭންޑުގެ، ތާޒާ ޖޫހާއި އައިސް ޓީ އަކީ ވެސް އިންޓަވަލް ގަޑިއަށް ކަމުދާނެ ސިއްހަތަށް ފައިދާ ހުރި ބުއިންތަކެކެވެ. ވިލާ މާޓުން އެ ބްރޭންޑުގެ ގިނަ އުފެއްދުން ތަކެއް ވެސް ލިބެން އެބަހުއްޓެވެ.

ފޮނި ކާތަކެއްޗަށް ލޯބި ކުރާ ކުދިންނަށް ތުރުކީގެ މަގުބޫލު ބްރޭންޑެއް ކަމުގައިވާ އެޓީގެ އުފެއްދުންތައް ވެސް ވިލާ މާޓުން ލިބެން އެބަހުއްޓެވެ. އެގޮތުން، ދޮންކެޔޮ، ކެރަމަލް، ޗޮކޮލެޓް އަދި ކާށި ފަދަ އެކި ރަހަތަކުގެ ފިލިން އާއެކު ތައްޔާރުކުރެވިފައިވާ "ޕޮޕް ކޭކްސް" އަކީ އެންމެ ރަނގަޅު އެއް ހޮވުމެވެ. އެފަދައިން، އެ ބްރޭންޑުގެ "ވޭފް އަޕް" ވޭފާސް އާއި، ސޭންޑްވިޗް ބިސްކޯދަކީ، އިންޓަވަލް ގަޑީގައި އަނގަމީރު ކޮށްލަން ފޮނި އެއްޗެއް ކޮންމެހެނަކުން ބޭނުންވާ ކުދިންނަށް އެންމެ ކަމުދާނެ ބާވަތްތަކެވެ.

ވިލާ މާޓުގެ ފިހާރަައަކުން އާއިލާއެއް ވިޔަފާރިކުރަނީ

ކުދިންގެ ނާސްތާގައި ސިއްހަތަށް ފައިދާހުރި ކޮންމެ ވެސް ބާވަތެއް ހިމަނާލުމަކީ ގިނަ ބެލެނިވެރިން ވަރަށް އެދޭނެ ކަމެކެވެ. ގިނަ ފަހަރަށް މި ކަމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ އެފަދަ ބާވަތްތަކުގެ ރަހަ ކުދިންނަށް ކަމުނުދިޔުމެވެ. ރޮސްޓާ ބްރޭންޑުގެ ހިކި މޭވާ، އަލްމަންޑު އަދި ބެރީގެ ބާވަތްތަކަކީ އެ މައްސަލައަށް އޮތް މުޖައްރިބު ހައްލެކެވެ. މީގެ އިތުރުން ގޮވާމުގެ އުފެއްދުންތަކުން ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ބޮބްސް ރެޑް މިލްގެ ބޮބްސް އޯޓްސް ބާ އަކީ ވެސް ސިއްހަތަށް ފައިދާހުރި، ރަހަމީރު ކެއުމަކަށްވާނެއެވެ.

ވިލާ މާޓުގެ ފިހާރަައަކުން އާއިލާއެއް ވިޔަފާރިކުރަނީ

މި ބާވަތްތަކުގެ އިތުރުން، ތަރުކާރީއާއި، މޭވާގެ ބާވަތްތަކާއި، އާންމުކޮށް ދިރިއުޅުމަށް ބޭނުންވާ ގިނަ ބާވަތްތައް ވިލާ މާޓުން ލިބެން ހުންނާނެއެވެ.

މި އުފެއްދުންތައް ވިލާ މާޓުގެ ފިހާރަތަކުން ލިބެން ހުރިއިރު، ހޯލްސޭލްކޮށް ވެސް އެ އުފެއްދުންތައް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް، 7667711 ނަންބަރު މެދުވެރިކޮށް ގުޅުއްވޭނެއެވެ. ނުވަތަ، [email protected] އީމެއިލް މެދުވެރިކޮށާއި، ވެބްސައިޓުން ވެސް އޯޑަރުކުރެވޭނެއެވެ. އަދި ރީޓެއިލްކޮށް ގަންނަ ފަރާތްތަކަށް، ގެޔަށާއި، ބޯޓުތަކަށް ޑެލިވަރީކޮށްދޭނެއެވެ.

comment ކޮމެންޓް