އެސިސްޓެޑް ލިވިންއިން ބޭސްފަރުވާއަށް ބޭނުންވާ ގިނަ ސާމާނު އަގުހެޔޮކޮށް ލިބޭ ޝޯރޫމެއް ހުޅުވައިފި

އެސިސްޓެޑް ލިވިންއިން ބޭސްފަރުވާއަށް ބޭނުންވާ ގިނަ ސާމާނު އަގުހެޔޮކޮށް ލިބޭ -- ފޮޓޯ/ އެސިސްޓެޑް ލިވިން

ހޮސްޕިޓަލުން ބޭރުގައި ވެސް ގިނަ ދުވަހަށް ޚާއްސަ އަޅާލުން ބޭނުންވާ މިީހުނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ބޭނުން ކުރާ އާލާތްތަކާއި ގިނަ މެޑިކަލް އިކުއިޕްމަންޓާއެކު މިއަހަރު އެޕްރިލް މަހުގައި މާލޭގައި ހުޅުވި އެސިސްޓެޑް ލިވިން ޝޯރޫމެއް އަކީ ގޭގެއި ދެވޭ ސިއްހީ ފަރުވާ އަށް ބޭނުންވާ އާލާތްތަކަށް އަމާޒުކޮށް ރާއްޖޭގައި މި ގޮތަށް ހުޅުވުނު ފުރަތަމަ ޝޯރޫމްއެވެ.

މާފަންނު ކަނބާ އައިސާ ރަނި ހިނގުމާއި ބުރުޒުމަގު ގުޅޭ ކަންމަތީގައި، އައިޖީއެމްއެޗް ކުރިމަތީ ހުންނަ މި ޝޯރޫމް އިން ސިއްހީ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ގޭގައި އަމިއްލައަށް ބޭނުންކޮށް ދިގުމުއްދަތުގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތަކާ ފަހުގެ ތަފާތު ގިނަ މެޑިކަލް އާލާތްތަކާއި ވަސީލަތްތައް ވަރަށް ރަނގަޅު އަގުތަކުގައި ލިބެއެވެ.

މި ޝޯރޫމްއިން ހޮސްޕިޓަލުގައި ބޭނުން ކުރާފަދަ އެނދުތަކާއި، އިލެކްޓްރިކް އަދި މެނުއަލް ވީލް ޗެއާއާއި ކަށީގެ ތަފާތު އަނިޔާތަކަށް ބޭނުންކުރާ ގާޑުގެ އިތުރުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ސީޕެޕް / ބީޕެޕް މެޝިނާއި މި މެޝިންތަކަށް ދިގުމުއްދަތަށް ބޭނުންކުރުމަށް ބޭނުންވާ އެކިވައްތަރުގެ ފިލްޓަރާއި ސްޕެއާ އަދި އެކިވަތްތަރުގެ މެޑިކަލް މާސްކުތަކާއި އިތުރު އެކްސެސެރީސް ލިބެއެވެ.

އެސިސްޓެޑް ލިވިން އިން ވިއްކާ އިލެކްޓްރިކް ވީލްޗެއާ އާއި މެކޭނިކަލް ނުވަތަ ޚާއްސަ ޑިވައިސްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް މަރާމާތުކުރުމުގެ ޚިދުމަތް ދިނުމަށް ވެސް އެސިސްޓެޑް ލިވިންއިން ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ދާއިމީ ބޭނުމަށް ނުވަތަ ސީޕެޕް / ބީޕެޕް ތެރަޕީއަށް ބޭނުންވާނެ ފަދަ ޚާއްސަ ބާލިސް މި ޝޯރޫމްއިން ލިބެން ހުންނާނެއެވެ.

އިމަޖެންސީ ހާލަތުގައި ލިފްޓްނެތް އިމާރާތަކުން ނުވަތަ ލިފްޓްގެ ހިދުމަތް ކެނޑިފައިވާ ތަންތަނުން ބަލި މީހާ ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ މީހާ ބޭލުމަށް ބޭނުންކުރާ ޚާއްސަ އާލަތްތަކަކީ އެސިސްޓެޑް ލިވިންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ މުހިއްމު އަދި ފާހަގަކޮށްލެވޭ ޕްރޮޑަކްޓް ލައިންއެކެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ގޭގައި ބަލަހައްޓާ ނުވަތަ އަޅާލަން ޖެހިފައިވާނަމަ އެފަދަ ފަރާތްތަކަށް އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ގެންދިޔުމަށް ބޭނުންވާނެ ވަރަށް ގިނަ ސާމާނު އެ ޝޯރޫމުން ލިބެން ހުރެއެވެ. އަދި މިފަދަ ގިނަ ތަކެއްޗަކީ ރާއްޖޭގެ މާހައުލާއި ޖާގައަށް ބަލައި އެކަށީގެންވާ ތަކެއްޗެވެ.

އަމިއްލައަށް ހެލިފެލިވެ އުޅުމަށް އެހީތެރިވުމަށް ގޭތެރެއާއި ފާޚާނާގެ ފާރުގައި ދައިމީކޮށް ހަރުކުރާނެ ތަކެއްޗާއި ނުވަތަ ވަގުތީ ބޭނުމަށް ގެންގުޅޭ ބައެއް ތަކެއްޗާއި، އަމިއްލައަށް އެނދަށް އަރާ ފައިބަން އެހީތެރިވާނެ ސާމާނުގެ އިތުރުން ހިނގާ އުޅުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އަސާގެ އަދި ވޯކާ ފްރޭމްސް ވެސް އެސިސްޓެޑް ލިވިން އިން ލިބެއެވެ.

އެ ޝޯރޫމުން ލިބޭ އެހެނިހެން ތަކެތީގެ ތެރޭގައި ކަނދުރާގެ އެކި އަނިޔާ ނުވަތަ ކަސްރަތާއި ކުޅިވަރު ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާގެ ސަބަބުން ބޭނުންކުރަން ޑޮކްޓަރުން އިރުޝަދުދޭ ހުޅު ގާޑު ނުވަތަ ބްރޭސަސްގެ ބްރޭންޑް ހިމެނެއެވެ.

އެސިސްޓެޑް ލިވިން އިން ވިއްކާ ބައެއް ބްރޭންޑް ތަކަކީ އެމެރިކާ، ޔޫރަޕް އަދި އެޝިއާގެ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ އަދި ގިނަ ބައެއްގެ އިތުބާރާއި އިހުތިރާމް ލިބިފައިވާ ބްރޭންޑްތަކެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ބްރޭންޑް ތަކުގެ ތެރޭގައި ޓެނާ، ޗާޗް އެންޑް ޑްވައިޓް، ބީއެމްސީ، ސޮފްޓް ޓަޗް، ތުއޭން، ޑައިނާ ފަދަ އިންޓަނޭޝަނަލް ބްރޭންޑްތައް ހިމެނެއެވެ. އެ ޝޯރޫމްގައި ހުރި ގިނަ މެޑިކަލް އާލާތްތަކަކީ އެންސްޕާ މެދުވެރިކޮށް ރައްޔިތުންނަށް ލިބޭނެ ތަކެއްޗެވެ.

އެސިސްޓެޑް ލިވިން ޝޯރޫމް ހުންނަ ތަކެތީގެ މައުލޫމާތު އެތަނުގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓް އިން ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު