އަމާޒަކީ މި ފެށޭ ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުން: ބުސްކެޓްސް

ޕްރީ ސީޒަންގެ ފަހު މަެޗުގައި ބާސާއިން ޕޫމަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ސާޖިއޯ ބުސްކެޓްސް ވާހަކަދައްކަނީ ---

އަންނަ ސީޒަންގައި ބާސެލޯނާގެ އަމާޒު ހުރީ ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުމަށްކަމަށް އެ ޓީމުގެ ކެޕްޓަންް ސާޖިއޯ ބުސްކެޓްސް ބުނެފިއެވެ.

ޕްރީ ސިޒަންގައި މެކްސިކޯގެ ޕޫމަސް އާ ދޮކޮޅަށް ރޭ ކުޅުނު މެޗުގެ ކުރިން ސަޕޯޓަރުންނާ ވާހަކަދައްކަމުން ބުސްކެޓްސް ބުނީ މި ފެށޭ ސީޒަނާ މެދު ވަރަށް ބޮޑު އުންމީދެއް ކުރެވޭކަމަށެވެ.

"އަހަރުމުން މިތިބީ ސަޕޯޓަރުން ކުރިމަތީގައި ކުޅެލަން ލިބުމުން ވަރަށް އުފަލުން. ސީޒަަން މި ފަށާނީ ވަރަށް ބޮޑު އުންމީދަކާ އެކު،" ބުސްކެޓްސް ބުންޏެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ބާސާގެ ކޯޗު ޒަވީ ހަނާންޑޭޒް ބުނީ ސަޕޯޓަރުންނަށްޓަކައި ބާސާއިން މި ސީޒަނުގެ ހުރިހާ ތައްޓެއް ހޯދަން ބޭނުންވާކަމަށެވެ.

ސްޕެއިންގެ ގަދަ ބާރު ބާސާ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ ޕްރީސީޒަންގެ އެންމެ ފަހު މެޗުގައި މެކްސްކޯގެ ޕޫމަސްއާ ދެކޮޅަށް ކުޅުނު މެޗު ބޮޑު ތަފާތަކުން އެ ޓީމު ވަނީ މޮޅުވެފައެވެ.

ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުކަމުގައިވާ ކޭމްޕް ނޫގައި ކުޅުނު އެ މެޗުގައި ބާސެލޯނާއިން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ފަށައިގެން މެޗުގެ ވަރަށް ކުރީ ކޮޅު ބާސާއިން ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ ތިން ވަނަ މިނެޓުގައި ބާސާއިން ވަނީ އެ ޓީމުގެ ފުރަތަމަ ގޯލުޖަހައި މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ އެ ޓީމުގެ ރޮބާޓް ލެވެންޑޯސްކީ ކީޕަރު ނައްޓާލުމަށްފަހު އޭނާ ޖެހި ރީތި ގޯލެކެވެ.

ޕްރީ ސީޒަންގެ ފަހު މެޗުގައި ޕޫމަސް އަދި ބާސާ ކުޅުނު މެޗުގެ ތެރެއިން---

މީގެއިތުރުން އޭގެ ދެ މިނެޓުފަހުން މެޗުގެ ފަސްވަނަ މިނެޓުގައި ބާސާގެ ޕެޑްރީ ގޮންޒާލޭޒް ވަނީ އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އެ ގޯލަކީ ލެވަންޑޯސްކީ ދިން ތުރޫ ޕާހެއްގެ ބޭނުންހިފައި ޕެޑްރީ ޖެހި ގޯލެކެވެ.

ފުލުފުލުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންދިޔަ ބާސާއިން މެޗުގެ ނުވަ ވަނަ މިނެޓުގައި ވަނީ އެ މެޗުގެ ތިންވަނަ ގޯލުޖަހައިފައެވެ. އެ ގޯލަކީ ރަފީނިއާގެ އެހީތެރިކަމާއެކު އޮސްމާނޭ ޑެމްބެލޭ ޖެހި ގޯލެކެވެ.

ލެވެންޑޮސްކީގެ ބެކް ހީލް ޕާހުގެ ބޭނުންހިފައި ޕެޑްރީ ވަނީ ކުރިމަތީގެ ހުރި ޑިފެންޑަރު ނައްޓާލުމަށްފަހު މެޗުގެ 18 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ގޯލުޖަހައިފައެވެ.

މެޗުގެ ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައި ފްރޭންކް ކެސީގެ އެހީތެރިކަމާއެކު ޕްރީ-އެމެރިކް އޮބަމެޔަންގް ވަނީ ބާސާގެ ފަސްވަނަ ޖަހައިދީފައެވެ. އަދި މެޗުގެ 84 ވަނަ މިނެޓުގައި ބާސާގެ ފްރެންކީ ޑިޔޯންގް ވަނީ ބާސާގެ ވަނަ ގޯލު ޖަހައިފައެވެ.

މިމަހުގެ 13 ވަނަ ދުވަހު ފަށާ ސްޕެނިޝް ލަލީގާއާއި އަންނަ ސެޕްޓެމްބަރު މަހު ފަށާ ޔޫއެފާ ޗެމްޕިއަންސް ލީގަށް ތައްޔާރުވުމުގެ ގޮތުން ބާސާއިން ވަނީ އެ ޓީމު ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ގެނެސްފައެވެ.

ބާސާއިން ގެނައި ކުޅުންތެރިންގެ ތެރޭގައި ބަޔާންމިއުނިކްގެ ރޮބާޓް ލެވެންޑޯސްކީއާއި، ޗެލްސީއަށް ކުޅުނު ކްރިސްޓްންސެންއާއި، އޭސީ މިލާނަށް ކުޅުނު ފްރޭން ކެސީއާއި، ލީޑްސް ޔުނައިޓެޑަށް ކުޅުނު ރަފީނިއާގެ އިތުރުން ސެވިއްޔާގެ ޖޫލްސް ކުންޑޭ ހިމެނެއެވެ.

ސްޕެނިޝް ލަލީގާގައި ބާސާ ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމު މިމަހުގެ 14 ވަނަ ދުވަހުގެ ދަންވަރު 00:00ގައި ނިކުންނާނީ ރަޔޯ ވަލަކާނޯއާ ދެކޮޅަށެވެ.

comment ކޮމެންޓް