އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި 18 މީހުންގެ ޕާސްޕޯޓު ހިފައްޓައިފި

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގީރު

އެއްޖިންސުން ގުޅުންހިންގި މައްސަލައިގައި 18 މީހުންގެ ޕާސްޕޯޓު ހިފައްޓާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ބަންގްލަދޭޝްގެ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އަލަމްގީރު ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއެވެ.

އެ މީހުންގެ އިތުރުން ލިވާތުކުރުމުގެ އެހެން މައްސަލައެއްގައި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ވެސް ބަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ހިމެނެއެވެ.

އަދި އެ މައްސަލައިގެ ތުހުމަތު ކުރެވޭ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝީރު އިބްރާހީމް ރާފިއުގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

comment ކޮމެންޓް