ކޮވިޑު ޖެހޭ މީހުންގެ އަދަދު ބޮޑު ތަނުން ދަށަށް

މިދިޔަ ހަފްތާގައި ޖުމްލަ 106 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓު ކޮށްފައިވޭ --- ސަން ފޮޓޯ/ފަޔާޒް މޫސާ

ފާއިތުވި ހަފުތާގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އޭގެ ކުރީ ހަފްތާއަށް ވުރެ ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ 31 ވަނަ ދުވަހުން، އޯގަސްޓު މަހުގެ ހަ ވަނަ ދުވަހާ ދެމެދު މާލެ ސަރަހައްދުން 24 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އަތޮޅުތެރެއިން 38 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކާއި، ސަފާރީތަކާއި ސިނާއީ ރަށްތަކުން 44 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ ހަފުތާގައި ޖުމްލަ 106 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު އޭގެ ކުރީ ހަފުތާގައި 183 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މިދިޔަ ހަފުތާގައި ފަސް މީހުން އެ ބަލީގައި އެނދުމަތި ކޮށްފައިވާއިރު އޭގެ ކުރީ ހަފުތާގައި 14 މީހަކު ވަނީ ކޮވިޑްގެ ސަބަބުން އެނދުމަތިކޮށްފައެވެ.

މިހާތަނަށް މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 184،591އަށް އަރާފައިވާއިރު ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 307އެވެ.

comment ކޮމެންޓް