އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ވެރިއަކު ވަޒީފާއިން ވަކިކޮށްފި

އެއްޖިންގުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މަގާމުން ވަކިކޮށްފައިވާ ރާފިއު-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކް ވުމާ ގުޅިގެން އެ ވީޑިއޯއިން ފެންނަ ކަމަށް ތުހުމަތު ކުރެވޭ، ޤުރުއާނާ ބެހޭ މަރުކަޒުގެ އިސްވެރިއަކު ވަޒީފާއިން ވަކިކޮށްފިއެވެ.

އިއްޔެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ރާފިއުއެވެ. އިސްލާމިކް މިނިސްޓްރީން އެކަން ޔަގީން ކޮށްދެއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ބަގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށެވެ. އެއަމަލު ހިންގާ ކަމަށް ބެލެވޭ ވީޑިއޯ މިހާރު ވަނީ ލީކް ކޮށްލާފައެވެ.

ރާފިއުއަކީ އެމްޑީޕީގެ އިސް އެކްޓްވިސްޓެކެވެ. އެ ޕާޓީގެ ގިނަ ޖަލްސާތަކާއި ހަފުލާތަކުގައި ޤުރުއާން ކިޔަވަނީ ރާފިއުއެވެ.

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި އަލަމްގީރު ހުރީ ހައްޔަރުކޮށްފައެވެ. އަދި އޭނާއާއެކު އެ ހުތުރު އަމަލު ހިންގި ކަމުގެ ތުހުމަތުގައި ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި ކުރީގެ މަޖިލިސް މެމްބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގެ ތުހުމަތަށް ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

comment ކޮމެންޓް