އައްޑޫ ޕޮލިސް އެކެޑަމީގައި ރަސްމީކޮށް ކިޔެވުން ފަށައިފި

އައްޑޫގައި ޕޮލިސް އެކެޑަމީގައި ރަސްމީކޮށް ކިޔަވައިދޭން ފަށުން ---

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ރަސްމީކޮށް ކިޔަވައިދޭން ފަށައިފިއެވެ.

މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އައްޑޫ ޕޮލިސް އެކެޑަމީ ހުޅުއްވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.

ޕޮލިސް ކޮމިޝަނަރު، މުޙައްމަދު ހަމީދު ވިދާޅުވީ އައްޑޫ ޕޮލިސް އެކެޑަމީގައި މިއަދު ފެށީ، ފުލުހުން 34 ވަނަ ތަމްރީނު ކޯސް ކަމަށެވެ. އަދި ވިދާޅުވީ މިއީ އައްޑޫ ޕޮލިސް އެކެޑަމީގައި ފުލުހުން ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމް ކަމަށާއި މި ކޯހުގައި ބައޮވެރިވަނީ ޖުމްލަ 197 ރެކްރޫޓުން ކަމަށެވެ.

އައްޑޫ ޕޮލިސް އެކެޑަމީގައި ރަސްމީކޮށް ކިޔަވައިދޭން ފެށުން --

އައްޑޫ ޕޮލިސް އެކެޑަމީގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ޚިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑެއް ހިމެނެއެވެ. އަދި ޓްރެއިނިން ސެންޓަރަކާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓާއި ޓެނިސް ކޯޓެއް ހިމެއެވެ. މީގެ އިތުރުން 400 މީޓަރުގެ ދުވާ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނެއެވެ.

comment ކޮމެންޓް