ފުޓްބޯޅައިގެ އައު ސީޒަނަށް މީޑިއާނެޓު ތައްޔާރު

ކުޑަ މެދުކެނޑުމަކަށް ފަހު ޔޫރަޕްގެ ފުޓުބޯޅަ ސީޒަން އަލުން ފެށުމަށް ތައްޔާރުވެފައިވާއިރު، މި ފަހަރުގެ ސީޒަންގެ ފޯރިގަދަ މެޗުތައް ވެސް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް މީޑިއާނެޓުން ތައްޔާރުވެއްޖެއެވެ.

ގިނަ ދިވެހިންގެ ޝައުގުވެރިކަން ހުއްޓިފައިވާ ޔޫރަޕުގެ އެންމެ ފޯރިގަދަ ލީގުތަކުގެ ތެރޭގައި ހިމެނޭ، އިންގްލިޝް ޕްރިމިއާ ލީގު، ސްޕެނިޝް ލަ ލީގާ، އިޓާލިއަން ސެރިއޭ އަދި ފްރެންޗް ލީގު1ގެ މެޗުތައް މީޑިއާނެޓުގެ އައިސްގެ ޗެނަލްތަކުން ވަގުތުން ދުރަށް ފެންނާނެއެވެ.

އެގޮތުން، މީޑިއާނެޓުގެ އައިސް ޓީވީ (ޗެނަލް 100)، އައިސް ސްޕޯޓްސް (ޗެނަލް 102)، އައިސް ޕްލަސް (ޗެނަލް 999)، އިން އެ ލީގުތަކުގެ މެޗުތައް ފެންނާނެއެވެ.

މީޑިއާނެޓުގެ އެމްއެސްޓީވީ ނުވަތަ އެމްއެސް ލައިޓް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ކެޗްއަޕް ފީޗާ އަދި ރިވައިންޑް ފަދަ ފީޗާތައް މެދުވެރިކޮށް، ދެ މެޗު އެއް ވަގުތެއްގައި އޮތް ނަމަވެސް، އެއްވެސް މެޗެއް ވައްޓާނުލާ ބެލުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެއިތުރުން، އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށް ސަބްކްރައިބްކޮށްގެން ނުވަތަ ކުއިކް ޕޭ މެދުވެރިކޮށް ވައުޗަރެއް ނަގައިގެން ކޮންމެ ތަނަކު ހުރެގެން ވެސް ފަސޭހަކަމާއެކު އެ މެޗުތައް ބަލައިލެވޭނެއެވެ.

comment ކޮމެންޓް