ދިރާގުގެ ޑިރެކްޓަރުންގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަހީމް އައްޔަނުކޮށްފިއެވެ.
އެ ކުންފުނީގެ 41.8 އިންސައްތަ ހިއްސާ އޮންނަ، ދިވެހި ސަރުކާރު ތަމްސީލު ކުރައްވާ ޑިރެކްޓަރެއްގެ މަގާމަށް އޭނާ އައްޔަނުކުރެއްވިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން އިއުލާނުކުރީ އިއްޔެއެވެ.
މި ބަދަލާއެކު، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑު މިހާރު އެކުލެވިގެންވާ ގޮތަކީ:
- ޗެއާމަން، އިސްމާޢީލް ވަޙީދު
- ޑެޕިއުޓީ ޗެއާމަން، އަޙްމަދު ޢަބްދުއްރަޙްމާން
- މެނޭޖިން ޑިރެކްޓަރު، އިސްމާޢީލް ރަޝީދު
- ޑިރެކްޓަރު، އަޙްމަދު މުޙައްމަދު ދީދީ
- ޑިރެކްޓަރު، ފައިޞަލް ޤަމިއްޔާ
- ޑިރެކްޓަރު، މިކެލް ވިންޓާ
- ޑިރެކްޓަރު، ފައިޞަލް އަލް ޖަލަހްމާ
- ޑިރެކްޓަރު، ޢަބްދުﷲ ޢަބްދުއްރަޙީމް
ޢަބްދުﷲ ޢަބްދުއްރަޙީމް ރައްޔިތުންގެ މަޖިލީހަށް ކުރިން އިންތިޚާބުވެ ވަޑައިގަތީ މާފަންނު ހުޅަނގު ދާއިރާއަށް ޑީއާރުޕީގެ ޓިކެޓުގައެވެ. ނަަމަވެސް، ފަހުން އޭނާ ވަނީ އެ ޕާޓީ ދޫކުރައްވާ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.