ޓްރީ ޓޮޕް ހޮސްޕިޓަލުން ތައިރޮއިޑް ކެންސަރު ބަލީގެ ފަރުވާދެނީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ތައިރޮއިޑް ކެންސަރު ބަލީގެ ފަރުވާދެނީ

ތައިރޮއިޑް ކެންސަރަށް ފަރުވާދިނުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ހަތަރު ތައިރޮއިޑެކްޓަމީ ފުރިހަމަކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މި ސާޖަރީ ކުރުމުގައި އެންމެ އިސްކޮށް އުޅުއްވީ ތަޖުރިބާކާރު އީއެންޓީ ނުވަތަ ކަރުން މަތީ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް ޑޮކްޓަރުން، ޑރ. ޗަންދުރަޝޭކާ ރަވާލް އަދި ޑރ. ރަޖޭޝް ވާލަންދެވެ.

ތައިރޮއިޑް ނައްތާލުމަށްޓަކައި ކުރާ އެންމެ އާންމު ސާޖަރީއަކީ ތައިރޮޑެކްޓޮމީއެވެ. ތައިރޮޑެކްޓޮމީއަކީ ތައިރޮއިޑް ކެންސަރު ޖެހޭ މީހުންނަށް ފަރުވާގެ ގޮތުގައި އޮޕަރޭޝަން ކޮށްގެން ތައިރޮއިޑް ގްލޭންޑް އިން ބައެއް ނޫނީ ތައިރޮއިޑް ގްލޭންޑް އެއްކޮށް ނެގުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މި ސާޖަރީ ކުރިއަށް ގެންދަނީ ހާލަތު ދެނެގަތުމަށްޓަކައި ބަލިމީހާގެ ޓެސްޓް ތަކުގެ ނަތީޖާއަށް ބަލާ އަދި އިތުރަށް ދިރާސާ ކުރުމަށް ފަހުގައެވެ. މި ޓެސްޓުތަކުގެ ތެރޭގައި ކަރުގެ އަލްޓްރާ ސައުންޑް ފައިން ނީޑްލް އެސްޕިރޭޝަން ސައިޓޮލޮޖީ (އެފްއެންއޭސީ) ބޭނުންކޮށްގެން ތައިރޮއިޑް ކެންސަރު ފެތުރިފައިހުރިވަރު ޗެކް ކުރާނެއެވެ. އަދި ނޭވާލުމަށާއި އަޑުފޮށްޓާއި ގުޅިފައި ހުރި ނާރުތަކަށް ގެއްލުން ނުވާގޮތަށް ސާޖަރީ ކުރިއަށް ގެންދިއުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ނާވް ސްޓިމިއުލޭޓިން ޓެކްނޮލޮޖީ ބޭނުންކުރެއެވެ. ނާވް ސްޓިމިއުލޭޓިން ޓެކްނޮލޮޖީގެ ބޭނުންކުރުމުން މި އޮޕަރޭޝަން ކުރާ ޑޮކްޓަރުންނަށް އެއްވެސް ގެއްލުމެއް ނެތި އޮޕަރޭޝަން ފުރިހަމަކުރުމަށް އެހީވެދެއެވެ.

ޑރ. ޗަންދުރަޝޭކާ ރަވާލް، ކަރުން މަތީ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓް އަކީ ސިއްހީ ދާއިރާގައި 14 އަހަރަށްވުރެ ގިނަދުވަހު މެޑިކަލް މެނޭޖްމަންޓް އަދި އެޑްމިނިސްޓްރޭޝަން، އިމާޖަންސީ މެޑިސިން، އައިސީޔޫ، އަދި އޮޓޮލޮޖީ ހިދުމަތް ދިނުމަށް ތަޖަރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.

ޑރ. ޗަންދުރަޝޭކާ މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައިވަނީ އެމްއައިއެސްއާރު މެޑިކަލް ކޮލެޖް އިންޑިއާއިންނެވެ. އަދި ކަރުން މަތީ ބަލިތަކުގެ ސާޖަރީ އިން މާސްޓާސް ހާސިލްކޮށްފައިވަނީ އިންޑިއާގެ ގްރާންޓް މެޑިކަލް ކޮލެޖް އެންޑް ސާ ޖޭޖޭ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އިންޑިއާއިންނެވެ. އަދި ޑރ. ޗަންދުރަޝޭކާ ވަނީ ކަރުން މަތީ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓެއްގެ ގޮތުގައި އައުންދް ޕޫންގެ ޑިސްޓްރިކްޓް ހޮސްޕިޓަލުގައާއި، ރަވާލް އީއެންޓީ ހޮސްޕިޓަލުގައި ހިދުމަތްކުރައްވާފައެވެ.

ޑރ. ރަޖޭޝް ވާލަންދެ ކަރުން މަތީ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓް އަކީ ބޯ އަދި ކަރުގެ ކެންސަރު ބަލި، ޕަރޮޓިޑެކްޓޮމީ، ތައިރޮއިޑެކްޓޮމީ، ގުގުރި ދެމުމާއި ސްލީޕް އެޕްނިއާ، އަދި ޕިނާ ރީކޮންސްޓްރަކްޝަން އަށް ހާއްސަ ޝައުގުވެރިކަން ހުރި ކޮންސަލްޓަންޓެކެވެ. ޑރ. ރަޖޭޝް އެމްބީބީއެސް ހާސިލްކޮށްފައިވަނީ މުމްބައި، އިންޑިއާގެ ބޮމްބޭ ޔުނިވާސިޓީއިންނެވެ. އަދި މާސްޓާ އޮފް ސާޖަރީ އީއެންޓީ ފުރިހަމަކޮށްފައިވަނީ މުމްބައި، އިންޑިއާގެ ބޮމްބޭ ޔުނިވާސިޓީއިންނެވެ. އަދި ޑރ. ރަޖޭޝް ވަނީ ކަރުން މަތީ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް ގޮތުގައި ބީ އެސްއީއެސް މުނިސިޕަލް ޖެނެރަލް ހޮސްޕިޓަލުގައި 16 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައެވެ.

ޓްރީ ޓޮޕް ހޮސްޕީޓަލުގެ ކަރުން މަތީ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓް މައްސަތްކަތް ކުރާނީ ކަންފަތް، ނޭފަތް، ސައިނަސް، ލެރިންކްސް ނުވަތަ އަޑުފޮށި، އަނގަ، ކަރު އަދި ކަރާއި ބޮލުގެ ބަލިތަކަށް ފަރުވާ ދިނުމަށެވެ. ކަރުން މަތީ ބަލިތަކަށް ހާއްސަ ކޮންސަލްޓަންޓުން އެންމެ ފުރިހަމަ ފަރުވާ ދިނުމަށް ސްޕީޗް ތެރަޕިސްޓް، ޕެތޮލޮޖިސްޓް އަދި ސާޖަންސް އާއި ގާތުން މައްސަތްކަތްކޮށް ބަލި މީހާއަށް އެންމެ ރަނގަޅު ފަރުވާ ދިނުމަށް މަސައްކަތް ކުރާނެއެވެ.

ދެހާސް އަށަރަ ވަނަ އަހަރު ހިދުމަތް ފޯރުކޮށްދޭންފެށި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތް ތަކުގައިވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު