ރާއްޖޭގެ އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާގެ އޭސީއެލް ސާޖަރީ ޓްރީޓޮޕް ހޮސްޕިޓަލުން ކާމިޔާބުކޮށްފި

ރާއްޖޭގެ އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާ އައިމިނަތު ރަބާބް

ރާއްޖޭގެ އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިޔާ އައިމިނަތު ރަބާބްގެ އެންޓިރިއާ ކުރޫޝިއޭޓް ލިގަމެންޓް (އޭސީއެލް) ރީކޮންސްޓްރަކްޝަން ސާޖަރީ ޓްރީޓޮޕް ހޮސްޕިޓަލުން ކާމިޔާބުކޮށްފިއެވެ.

ންތޮރޮސްކޮޕިކް އޭސީއެލް ރަނގަޅު ކުރުމުގެ ސަޖަރީ އާއްމުކޮށް ކުރަނީ ފައިގެ ފަލަމަސްގަނޑުގެ ފަހަތުގައި ހުންނަ ޓެންޑަންސް (ހޭމްސްޓރިންގް ގްރާފްޓް) ބޭނުންކޮށްގެންނެވެ. އޭސީއެލް (އެންޓިރިއަ ކުރޫޝިއޭޓް ލިގަމެންޓް) އަކީ ކަކުލުގެ އެއްކަށިގަނޑު އަނެއް ކަށިގަނޑާއި ގުޅުވާ، ހިފަހައްޓައިދީ ބާރުގަދަ ކުރުމަށް ހުންނަ އެއްސުން ތަކެކެވެ. ހަލާކުވެފައިވާ ލިގަމެންޓު ނެގުމަށްފަހު އޭގެ ބަދަލަށް ޓެންޑަނެއްގެ އެތިކޮޅެއް މި ސަރޖާރީގައި ލާނެއެވެ.

އެންތްރޮސްކޮޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސާޖަރީ ފުރިހަމަ ކުރީ ތަޖުރިބާކާރު ކަށީގެ އޮޕަރޭޝަނަށް ހާއްސަ ކޮންސަލްޓަންޓް ޑރ. ކަނިރާޖް މަރިމުތުގެ ލަފާގެ ދަށުންނެވެ. މި ސާޖަރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށް ގެންދިއުމަށް އައިމިނަތު ރަބާބް ނިންމީ އެ ހޮސްޕިޓަލުގެ ފުރަތަމަ ކޮންސަލްޓޭޝަން އިން ލިބުން އިތުބާރުގެ ސަބަބުންނެވެ.

ކަށީގެ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރު ކަނީރާޖް މަރިމުތު އަކީ ޖޮއިންޓް ރިޕްލޭސްމަންޓް ސާޖަރީ، ސްޕޯޓްސް މެޑިސިން ސާޖަރީ، ކޮނޑުގެ ސާޖަރީ އަދި ކަކުލުގެ ސާޖަރީ ކުރުމަށް ހާއްސަ ކޮންސަލްޓެންޓެކެވެ. ޑރ. ކަނީރާޖް އެމްބީބީއެސް ފުރިހަމަ ކޮށްފައިވަނީ އިންޑިއާގެ މަޑްރާސް މެޑިކަލް ކޮލެޖުންނެވެ. އަދި އޯތޯޕީޑިކްސް ދާއިރާއިން ތަމްރީން ފުރިހަމަކޮށްފައިވަނީ އިންޑިއާގެ ސަވައި މަން ސިންގް މެޑިކަލް ކޮލެޖުގެ އޯތޯޕީޑިކްސް ޑިޕާޓްމެންޓުގައެވެ. މި ތަމްރީނު ފުރިހަމަ ކުރުމުގެ ތެރޭގައި "އޯލް އިންޑިއާ ބެސްޓް ރެސިޑެންޓް އޯތޯޕީޑިކް ސާޖަން އެވޯރްޑް" ބޮމްބޭ އޯރތޯޕީޑިކް ސޮސައިޓީއިންވަނީ ޑރ. ކަނިރާޖް ހާސިލްކޮށްފައެވެ.

ރަބާބް އޭސީއެލް ސާޖަރީއަށްފަހު -- ފޮޓޯ/ ޓްރީޓޮޕް ހޮސްޕިޓަލް

އުމުރުން 23 އަހަރުގެ އައިމިނަތް ރަބާބް އަކީ ހުނަރުވެރި ނެޓްބޯޅަ ކުޅުންތެރިއެކެވެ. އުމުރުން 13 އަހަރުގައި ނެޓްބޯޅަ ކުޅެންފެށި ރަބާބް ވަނީ ގައުމީ ނެޓްބޯޅަ މުބަރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް އަދި ގައުމީ މުބާރާތްތަކުން އެކި ޝަރަފުވެރި އިނާމު ހާސިލްކޮށްފައެވެ. މި ފަހުން ރަބާބައަށްވަނީ 'މޯލްޑިވްސް ނެޝިނަލް ސްޕޯޓްސް އެވޯރްޑް 2022' ހަފްލާއިން އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އިނާމް ހާސިލްކޮށްފައެވެ.

ނަމަވެސް ރަންވަނަތަކާއި، މުބާރާތްތަކުން ރަބާބް ދުރަށްޖެހިލަން މަޖުބޫރުވިއެވެ. އެއީ 2021 ގައުމީ ނެޓްބޯލް ޗެމްޕިއަންޝިޕްގައި ކުރިމަތިވި އަނިޔާއެއްގެ ސަބަބުން 10 އަހަރުގެ ނެޓްބޯޅަ ކެރިއަ ހުއްޓުމަކާއި ކުރިމަތިލާންޖެހުނެވެ. މުބާރާތުގެ ފައިނަލް މެޗުގައި ރަބާބްގެ ވާތު ފައިގެ ކަކޫ އެނބެރުމުގެ ސަބަބުން މެޗު ދޫކޮށްލުމަށްފަހު މެޗުން ފައިބަންޖެހުނެވެ.

ފައިގެ އަނިޔާއަކީ ކިހާވަރެއްގެ އަނިޔާއެއްތޯ ބެލުމުން، ކަކުލުގެ މައި ލިގަމެންޓް (އޭސީއެލް) ވަނީ އިރައިގެން ގޮސްފައިކަން ހާމަވިއެވެ. ގިނަ ކުޅުންތެރިންގެ ލަފާއާއިއެކު ރަބާބް ފަރުވާ ހޯދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް އިހްތިޔާރުކުރިއެވެ.

މި ތަޖުރިބާ ހިއްސާކުރަމުން ރަބާބް ބުނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޓީމަށް ހެޔޮހިތުން ޝުކުރު އަދާކުރާކަމަށެވެ.

"އަދި ހާއްސަކޮށް ޑރ. ކަނިރާޖަށް އަދި އަޅުގަނޑުގެ ސަރޖަރީ ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިން އެންމެނަށްވެސް ޝުކުރު އަދާކޮށް، މުސްތަގްބަލުގައިވެސް ޓްރީ ޓޮޕް ހޮސްޕިޓަލަށް އަނބުރާ އަންނާނެ ކަމުގެ ޔަގީންކަން ދެން،" ރަބާބް ބުންޏެވެ.

ޑރ. ކަނިރާޖް ވިދާޅުވީ ރަބާބް އަކީ ހިތްވަރުގަދަ ކުޅުންތެރިއެއް ކަމަށެވެ.

"އޮޕަރޭޝަނަށްފަހު ހެދި ފިޒީއޯތެރަޕީގައި ރަބާބް ވަނީ ފައިގެ ބާރު ރަނގަޅުކުރުމަށް ވަރަށް މަސައްކަތްކޮށް ނަތީއްޖާ ނެރެ ކުރިއެރުމާއި ހިތްވަރުވަނީ ދައްކާފަ،" ޑރ. ކަނިރާޖް ހިއްސާކުރެއްވިއެވެ.

ޑރ. ކަނިރާޖެ އެދެނީ ވީހާވެސް އަވަހަކަށް ރަބާބް އަނިޔާއިން ފަސޭހަވެ ނެޓްބޯޅަ ދަނޑުން ފެނުމަށެވެ.

ރަބާބް ތަހައްމަލް ކުރަންޖެހުނު މި އަނިޔާގެ ސަބަބުން، މުސްތަގުބަލާއި މެދު ވިސްނާއިރު ހާސްވިކަމުގައިވިޔަސް ފައި ރަނގަޅުކުރުމަކީ ރަބާބްގެ މައިގަނޑު މަގްސަދެވެ. ރަބާބް މިހާރުދަނީ ކުޅުމަށް އަނބުރާ ދިއުމަށްޓަކައި ރިކަވަރީއަށް މައްސަތްކަތް ކުރުމަށެވެ.

ޓްރީ ޓޮޕް ހޮސްޕީޓަލުގެ އޯތޯޕީޑިކް ސްޕެޝަލިސްޓުންނަކީ ތަޖުރިބާކާރު މާހިރުންނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

comment ކޮމެންޓް