ހިތަދޫ މޫދަށް އެރޭ ސަރަހައްދުން ސީލްއެއް ފެނިއްޖެ

ހިތަދޫ މޫދަށް އެރޭ ސަރަޙައްދުން ފެނުނު ސީލް-- ފޮޓޯ/ ސޯޝަލް މީޑިއާ

އައްޑޫ ސިިޓީ ހިތަދޫ މޫދަށް އެރޭ ސަރަހައްދުން ސީލްއެއް ފެނިއްޖެއެވެ.

މަންޒަރު ދުށް މީހަކު "ސަން" ކިޔައިދިން ގޮތުގައި ސީލް ފެނިފައިވަނީ ހިތަދޫ ކަންބިހަ ބީޗް ސަރަހައްދުންނެވެ.

އޭނާ ބުނީ އެ ސީލްގެ ދިގުމިނުގައި ގާތްގަނޑަކަށް އަށް ފޫޓު ހުންނާނެކަމަށެވެ. އަދި މިހާރު ފުލުހުންނާއި ސިފައިން އެ ސަރަޙައްދުގައި ހަރަކާތްތެރިވާކަމަށް ވެސް އޭނާ ބުންޏެވެ.

ހިތަދޫ މޫދަށް އެރޭ ސަރަހައްދަށް ސީލްއެއް ފެނުނު ޚަބަރާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ސީލް ބަލާލުމަށް އެ ސަރަހައްދަށް އެއްވެފައެވެ.

ސީލްއަކީ ފިނި ސަރަހައްދުތަކުގެ ކަނޑުތަކުން ފެންނަ އެއްޗެކެވެ. އާންމުކޮށް ސީލް އުޅެނީ އާކްޓިކް އަދި އެޓްލާންޓިކް ކަނޑުގެ ސަރަހައްދުތަކުގައެވެ. އެހެންކަމުން ހޫނުގަދަ ސަރަހައްދުތަކުން ވަރަށް ސީލް ވަރަށް ނުފެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ގެ ސަރަހައްދުން އަދި ސީލްއެއް ފެނިފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް