ފިނޭންސް މިނިސްްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކްޓިވް މުޖުތަބާ ނިޔާވެއްޖެ

ފިނޭންސް މިނިސްްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކްޓިވް އަޙްމަދު މުޖުތަބާ ---

ފިނޭންސް މިނިސްްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކްޓިވް އަޙްމަދު މުޖުތަބާ ނިޔާވެއްޖެއެވެ.

މުޖުތަބާ ނިޔާވެފައިވަނީ އޭނާގެ އުފަން ރަށް ގއ. ދެއްވަދޫގައި ޗުއްޓީ ހޭދަކުރެއްވުމަށް ހުންނަވަނިކޮށް ކުއްލި ގޮތަކަށް ބަލިވެ، ހާލު ދެރަވުމާގުޅިގެން ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ މުޖުތަބާ އެ މިނިސްޓްްރީއާއި ގުޅިވަޑައިގަތީ 2008 ވަނަ އަހަރުގައި ކަމަށެވެ. އަދި ފާއިތުވި 14 އަހަރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ކުރެއްވުމުގައި އޭނާ ވަނީ ވަރަށް އިސް ދައުރެއް އަދާ ކޮށްފައިކަމަށެވެ.

މުޖުތަބާ ވަނީ މެލޭޝިއާގެ މަލްޓިމީޑިއާ ޔުނިވަސިޓީން އެކައުންޓިންގެ ދާއިރާ އިން ޑިގްރީ ހާސިލްކުރައްވާފައެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެމްޓީޑީސީ) ގެ ޑިރެކްޓަރެއްގެ މަގާމުވެސް އަދާ ކުރައްވަމުން ގެންދެވި މުޖްތަބާ ވަނީ މީގެ ކުރިން ޓެންޑާ ބޯޑުގެ އިސްވެރިޔާގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައެވެ.

comment ކޮމެންޓް