އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ސައްތާރު ހައްޔަރުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު --- ސަން ފައިލް ފޮޓޯ

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރުއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލު އަދި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަހްމަދު ނާޒިމް އަބްދުއްސައްތާރު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން 46 އަހަރުގެ ދިވެހި ފިރިހެނެއް މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނާޒިމް ހައްޔަރުކުރީ ރިސޯޓެއްގައި ހުއްޓައެވެ.

މީގެ އިތުރުންވެސް އެ މައްސަލައާ ގުޅިގެން 45 އަހަރާއި، 35 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުއެވެ.

ނާޒިމް ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ބޭބެ، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ޖިނާއީ އިޖުރާއަތްތަކާ ޚިލާފަށް ކަމަށެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގައި ހިމެނޭ ވީޑިއޯތައް ދައުރުކުރުވަން ފެށުމާއެކު، ބައެއް ފަރާތްތަކުން އެކި މަގުސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައިގެން ދައުރުކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެ ސަބަބަށްޓަކައި ފުލުހުން ވަކި ފަރުދަކަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން ވީޑިއޯތަކާއި، ފޮޓޯތައް ތަހުލީލުކޮށް، އޭގެ ސައްހަކަން ކަށަވަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.

"މިގޮތުން ޖިނާޢީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއްކަން ފާހަގަކުރަން. މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މިމައްސަލަތަކުގައި މިސާވިސްއިން މިދަނީ ހިންގަމުން،" އެ ބަޔާނުގައި ވެެއެވެ.

ކާނަލް ނަޝީދާއި، ނާޒިމް ސައްތާރުގެ އިތުރުން އަބްދުއްރަހްމާން އަލަމް ގީރު އުޅޭ ކޮޓަރީގައި ހަރަކާތްތެރިވާ ވީޑިއޯތަކެއް މިދިޔަ މާޗު މަހުން ފެށިގެން މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަދި އެ ވީޑިއޯތަކަތުގެ ސްކްރީން ޝޮޓްތަކެއް ވެސް ވަނީ ދައުރުވެފައެވެ.

އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމްގީރުއެވެ. އޭނައާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ ގިނަކަމަށް އެނގިފައިވެއެވެ.

comment ކޮމެންޓް