ދިވެހިން ދަރަންޏަށް މުދާ ނަގާ މިންވަރު 20 އިންސައްތަ މައްޗަށް

އެސްޓީއޯގެ މަކިޓާ ޝޯރޫމުން މީހަކު ވިޔަފާރިކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިވެހިން ދަރަންޏަށް މުދާ ނެގި މިންވަރު 20 އިންސައްތަ މައްޗަށް ހިނގައްޖެއެވެ.

އެމްއެމްއޭއިން އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ އިގްތިސާދީ ބުލެޓިންގައި ވާގޮތުން އަމިއްލަ ބޭނުމަށް ނަގާ ލޯނުތަކުގެ ނިސްބަތް މަތިވެފައިވަނީ ކްރެޑިޓް ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމުންނާއި، ދަރަންޏަށް މުދާ ނަގާ މިންވަރު އިތުރުވުމުންނެވެ.

ދިވެހިން އާންމުކޮށް ދަރަންޏަށް ނަގާ މުދަލުގެ ތެރޭގައި އުޅަނދުފަހަރާއި، އިލެކްޓްރޯނިކްސް އަދި ގޭތެރޭ ބޭނުންކުރާ އެކި ސާމާނު ހިމެނެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަމިއްލަ ބޭނުންތަކަށް ދޫކުރި ލޯނުތައް އިތުރުވެފައިވީ ނަމަވެސް، ޕްރައިވެޓް ސެކްޓާއަށް ދޫކުރާ ލޯނުގެ 38 އިންސައްތަ ހިއްސާކުރާ، ފަތުުރުވެރިކަމުގެ ދާއިރާއަށް ދޫކުރި ލޯނުތައް ވަނީ ދެ އިންސައްތަ ދަށަށް ގޮސްފައެވެ.

އެމްއެމްއޭއިން ބުނީ އެ ނިސްބަތް ދަށަށް ދިޔައީ އަލަށް ތަރައްގީކުރާ ރިސޯޓުތަކަށާއި، މަރާމާތުކުރާ ރިސޯޓުތަކަށް ދޫކުރި ލޯނުގެ އަދަދު މަދުވުމުން ކަމަށެވެ.

ނަމަވެސް، އިމާރާތް ކުރުމުގެ އެހެނިހެން މަޝްރޫއުތަކަށް ދޫކުރި ލޯނުތައް އިތުރުވުމާއެކު، އެ ދާއިރާއަށް ދޫކުރި ލޯނުތައް ވަނީ އެއް އިންސައްތަ މަތިވެފައެވެ.

comment ކޮމެންޓް