ބަޔަކު ހިފައިގެން އުޅުނު ދެ ދޫނި ފުލުހުންގެ އެހީތެރިކަމާއެކު އީޕީއޭއިން ދޫކޮށްލައިފި

ހިމާޔަތްކޮށްފައިވާ ދޫންޏަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކޮށްފިނަމަ ކުރި ގޯނާގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 30،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ--- ފޮޓޯ/ އީޕީއޭ

ވ. އަތޮޅުގައި ބަޔަކު ހިފަހައްޓައިގެން އުޅުނު ދެ ދޫނި ފުލުހުންގެ އެހީތެރިކަމާއެކު އެންވައިރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ދޫކޮށްލައިފިއެވެ.

އީޕީއޭއިން ބުނީ ބަޔެއްގެ އަތުން ސަލާމަތްކޮށްފައި ވަނީ 'ބްރަހްމިނީ ކައިޓް' އަދި 'ގްލޮސީ އައިބިސް' އާއިލާއަށް ނިސްބަތްވާ ދެ ދޫނި ކަމަށެވެ. އަދި އެ ދެ ދޫނީ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އެ އޭޖެންސީން ވަނީ އެކަމުގައި ފުލުހުން ދިން އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

ހިޖުރަކުރާ ދޫންޏާއި އެނޫންވެސް ދޫނި ސޫފާސޫފި، ވަކިން ޚާއްސަކޮށް ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެތި ނުހިފުމަށް އީޕީއޭއިން އިލްތިމާސްކުރެއެވެ. އަދި އެފަދަ އަމަލުތައް އެ އޭޖެންސީން ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ.

ގަވާއިދުތަކުގައި ވާގޮތުން ހިމާޔަތްކޮށްފައިވާ ދޫންޏަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކޮށްފިނަމަ ކުރި ގޯނާގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު 30،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

comment ކޮމެންޓް