އައްޑޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް

އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ ---

އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުއާއު "ސަން"އަށް ވިދާޅުވީ މިއަދު މެންދުރުގެ ވަގުތެއްގައި ހިނގި ހާދިސާގައި އެންމެ ފުރަތަމަ ރޯވީ އެ ގޭގެ ކޮޓަރިއެއްގައި ކަމަށެވެ.

އެ ކޮޓަރި އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށާއި، އެ ގޭގެ އެހެނިހެން ކޮޓަރިތަކަށް ވެސް އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް ޝުއާއު ވިދާޅުވިއެވެ.

"އެ ގޭގެ މީހުންނަށް ވަގުތީ ގޮތުން ތިބެވޭނެ ތަނެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް އެބަދޭ," ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ފުލުހުންގެ އެހީގައި އަލިފާންގަނޑު ކޮންޓްރޯލްވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް