ޓްރީ ޓޮޕް ހޮސްޕިޓަލުން ހަކުރު ބަލި ސްކްރީނިން ޕެކޭޖެއް ތައާރަފްކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފް ކުރި ހަކުރު ބަލި ސްކްރީނިންގެ ތެރެއިން --- ފޮޓޯ/ ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުން ޑައިބިޓީޒް ނުވަތަ ހަކުރު ބައްޔަށް ޓެސްޓު ކުރުމަށް ޚާއްޞަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ހަކުރު ބަލި ސްކްރީނިން ޕެކޭޖް ފަރުމާކޮށްފައި ވަނީ ހަކުރު ބަލި ހުރިތޯ ދެނެގަތުމަށާއި ހަކުރު ބަލި ހުންނަކަން އެނގޭ މީހުންނަށް ބަލީގެ ނުރައްކާ ހުރިވަރު ދެނެގަނެވޭނެ ގޮތަށް ކަމަށެވެ. އެ ސްކްރީނިން ޕެކޭޖުގައި "ބޭސިކް" އަދި "ކޮމްޕްރިހެންސިވް" ޕެކޭޖް ހިމެނެއެވެ.

ބޭސިކް ޕެކޭޖުން ޖެނެރަލް ޑޮކްޓަރަކާއި ޑައިޓިޝަންއަކަށް ދެއްކުމުގެ ޚިދުމަތް ލިބެއެވެ. އަދި އޭގެ އިތުރުން ހިމެނެނީ:

  • ފުލް ބްލަޑް ކައުންޓް
  • ފާސްޓިން ބްލަޑް ކައުންޓް
  • ދެ ގަޑިއިރު ޕޯސްޓް-ޕްރަންޑިއަލް ބްލަޑް ޝުގާ
  • އެޗް.ބީ.އޭ.1.ސީ (HbA1c)
  • ލިޕިޑް ޕްރޮފައިލް
  • ލިވާ ޕްރޮފައިލް
  • ރީނަލް ޕްރޮފައިލް
  • ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން
  • އީސީޖީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި ކޮމްޕިރިހެންސިވް ޕެކޭޖުގައި ބޭސިކް ޕެކޭޖުގައި ހިމެނޭ ހިދުމަތްތަކުގެ އިތުރުން ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމާއި ރޭޑިއޮލޮޖީގެ ހިދުމަތްތަކުގެ ތެރެއިން އަލްޓްރާސައުންޑް އަދި އެކޯކާޑިއޮގްރަފީ ޓެސްޓު ހެއްދުން ހިމެނެއެވެ.

ހަކުރު ބައްޔަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށް ރައްކާތެރި މިންވަރެއްގައި ހިފަހައްޓައިދޭ އިންސޫލިން މަދުވުމުން ނުވަތަ އޭގެ މަސައްކަތް ނުކުރުމުގެ ސަބަބުން ކުރިމަތިވާ ބައްޔެކެވެ.

comment ކޮމެންޓް