ފަޅު ރަށެއްގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައިފި، ހާލު ސީރިއަސް

ބ.އޭދަފުށި -- ފޮޓޯ: އީޓީ

ބ. އަތޮޅު ފަޅު ރަށެއްގައި ބިދޭސީ ދެމީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެތަނުން އެކަކުގެ ގަޔަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބ. އަތޮޅުގެ ފަޅު ރަށެއްގައި ބިދޭސީ ދެމީހެއްގެ މެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ 21:57ގައި ކަމަށެވެ.

މާރާމާރީގައި ޒަޚަމްވި މީހާއަށް ބ. އަތޮޅު ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހިންގި އެ މާރާމާރީގައި އޭގެ ތެރެއިން އުމުރުން 45 އަހަރުގެ މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެ މާރާމާރީ އާ ގުޅިގެން އުމުރުން 43 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް