ހައްޖުގެ އަޅުކަމަށް ފަހު، ރައީސް ރާއްޖެ ވަޑައިގެންފި

ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ ވަޑައިގަންނަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ފަހު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން މިރޭ ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް މާލެ ވަޑައިގަތީ މިރޭ 23:30 ހާއިރު އެވެ. އެ ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބި ނޫސްވެރިން ރައީސްއާ ސުވާލުކުރަން މަސައްކަތް ކުރި ނަމަވެސް، ސެކިއުރިޓިީން އެކަމަށް ފުރުސަތެއް ނުދިނެވެ.

ނޫސްވެރިން އެ ވަގުތު އެއާޕޯޓުގައި ތިބީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސާ ރާއްޖެއަށް ފިއްލަވަން ވަޑައިގަން މައްސަލައިގައި ސުވާލުކުރުމަށެވެ.

ހައްޖުގެ އަޅުކަމުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް މައްކާއަށް ވަޑައިގަތީ މި މަހުގެ 4ވަނަ ދުވަހުއެވެ.

comment ކޮމެންޓް