ކުޑަ ޢީދު ދުވަހުގެ މާރާމާރީއާ ގުޅިގެން ހޯދަމުންދިޔަ އެންމެން ހައްޔަރުކޮށްފި

އީދު ދުވަހުގެ މާރާމާރީއާ ގުޅިގެން އެންމެ ފަހުން ހޯދަމުން ދިޔަ ހަތަރު މީހުން. އެ ހަތަރު މީހުން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ -- ފޮޓޯ/ ފުލުހުން

މިދިޔަ ފިތުރު ޢީދު ދުވަހު ހެނދުނުގެ ވަގުތެއްގައި ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ އެންމެން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ "ސަން"އަށް ބުނީ އެ މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

އެ މާރާމާރީއާ ގުޅިގެން އެންމެ ފަހުން ހޯދަމުން ދިޔައީ ސ.ހުޅުދޫ ނާދީ، 20 އަހަރުގެ މުނާދު ޖައުފަރާއި ގއ. މާމެންދޫ ގްލޭނޫރަންމާގެ، 24 އަހަރުގެ އަޙްމަދު ރަބީޢުއެވެ.

އެ ދެ މީހުން ވެސް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އޭގެ ތެރެއިން މުނާދުގެ މައްޗައް ވަނީ ބަންދުގެ ގޮތުގައި ފަސް ދުވަސް ޖަހާފައެވެ. އަދި ރަބީޢުގެ މައްޗަށް ވަނީ 60 ދުވަސް ޖަހާފައެވެ.

އެ ދެ މީހުންނަށް ވެސް ބަންދުގެ މުއްދަތު ޖަހާފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެ ކަމަށް ޓަކައެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ:

  • ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ).
  • ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ).
  • ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ).
  • ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ).
  • 15 އަހަރުގެ ކުޑަ ކުއްޖެއް.
  • ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)
  • ސ. މަރަދޫ/ ކޮރަލް، އަޙުމަދު ސާތިއު (21އ).
comment ކޮމެންޓް