ލޯނު އެއްބަސްވުމެއްގެ ދަށުން ލެންގްލެޓް ޓޮޓެންހަމްއަށް

ލެންގްލެޓް ޓޮޓެންހަމްއަށް ސޮއިކުރުމުގެ ރަސްމިއްޔާުތުގެ ތެރެއިން----

ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ ކްލެމެންޓް ލެންގްލެޓް ޓޮޓެންހަމްއަށް ބަދަލުވެއްޖެއެވެ.

ލެންގްލެޓަކީ 2018 ވަނަ އަހަރު ސެވިއްޔާއިން ބާސެލޯނާއާ ގުޅުނު ކުޅުންތެރިއެކެވެ.

ބާސެލޯނާއާ ގުޅުމަށްފަހު އެ ޓީމުގައި މޮޅުކުޅުމެއް ދެއްކުމަށްފަހު އެ ޓީމުގެ ފުރަތަމަ 11 އިން އޭނާ ގަވައިދުން ޖާގަހޯދަން ފެށިއެވެ.

ނަމަވެސް ފަހަކަށް އައިސް ލެންގްލެޓްގެ ފަރާތުން މެޗުތަކުގައި ބޮޑެތި ގޯސްތަކެއް ފެންނަމުންދާތީ ގިނަ މެޗުތަކުގައި އޭނާ އިންނަންޖެހެނީ ބެންޗުގައެވެ.

މީގެއިތުރުން ބާސެލޯނާ ޓީމު ވަރުގަދަކުރުމަށް ކުޅުންތެރިން ގެނައުމަށް ދޫކޮށްލަން އެ ޓީމުން ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ވެސް ލެންގްލެޓް ހިމެނެއެވެ.

ލެންގްލެޓް ޓޮޓެންހަމްއާ ގުޅުނީ އެއްއަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި މުއްދަތުހަމަވުމުން ޓޮޓެންހަމައަށް އޭނާ ގަތުމުގެ ފުރުސަތު ލިބޭނެއެވެ.

ލެންގްލެޓަކީ މި ޓްރާންސްފާ މާކެޓުގައި ޓޮޓެންހަމްއިން ގަތް ފަސްވަނަ ކުޅުންތެރިއާއެވެ. އެ ޓީމުން ވަނީ އިންޓަމިލާންގެ ޕެރިސިޗާއި ސައުތުއެމްތަންގެ ފްރޭސާ ފޯސްޓާގެ އިތުރުން ބްރައިޓަންގެ ބިސައުމާ ގަނެފައެވެ. މީގެއިތުރުން އެވެޓަންގެ އިތުބާރު ފޯވާޑް ރިޗާލިސަންގެ ސޮއި ވެސް ވަނީ އެ ޓީމުން ހޯދާފައެވެ.

ބާސެލޯނާއިން ވެސް ވަނީ އެ ޓީމަށް ދެ ކުޅުންތެރިއަކު ގެނެސްފައެވެ. އެއީ ޗެލްސީގެ ކްރިސްޓާންސެންއާއި އެސީ މިލާންގެ މިޑްފީލްޑަރު ކެސީއެވެ.

comment ކޮމެންޓް