ޖަޕާންގެ ކުރީގެ ބޮޑުވަޒީރު އަބޭއަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފި

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ބަޑިން ހަމަލާ ދިން ވަގުތު -- ފޮޓޯ/ ރޮއިޓާސް

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް މިއަދު ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ޖަޕާންގެ ޗީފް ކެބިނެޓް ސެކްރެޓަކީ ހިރޮކަޒު މަޓްސުނޯ ވިދާޅުވީ އަބޭގެ ހަށިކޮޅަށް ބަޑި ޖަހާފައި ވަނީ މިއަދު އެގައުމުގެ ނާރާ ސިޓީގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ތަގުރީރު ކުރައްވަން ހުންނަވަނިކޮށް ކަމަށެވެ.

މަޓްސުނޯ ވިދާޅުވީ އަބޭގެ ސިއްހީ ހާލަތު އަދި ޔަގީން ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެގައުމުގެ ނޫހަކުން ވަނީ އަބޭގެ ހިތް ހުއްޓި، ހޭނެތިފައިވާ ކަމަށް ބުނެފައެވެ.

އަބޭއަށް މިހާރު ދަނީ ނާރާ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އަބޭއަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ވަނީ ދައުވާ ވެސް ކޮށްފައެވެ. އޭނާ ހައްޔަރު ކުރި ވަގުތު އޭނާ އަތުގައި ބަޑިއެއް އޮތް ކަމަށް ޖަޕާންގެ ނޫސްތަކުގައިވެއެވެ.

އަބޭއަކީ ޖަޕާންގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. އޭނާ އެ މަގާމު ފުރުއްވީ ޑިސެމްބަރު 2012އިން ސެޕްޓެމްބަރު 2020އަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް