މާދަމާ ރޭ 12 ޖަހަންދެން ޕާސްޕޯޓު ދޫކުރަން ނިންމައިފި

އިމިގްރޭޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ ރޭ، މެންދަމު 12 ޖެހުމާ ހަމައަށް ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން ނިންމަވައިފިއެވެ.

މިރޭ އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ވަނީ ޕާސްޕޯޓުގެ ވެރިފިކޭޝަން ޕްރޮސެސް ނިމި، މާދަމާ ހެނދުނު 10:00ގެ ކުރިން ފައިސާ ދައްކާ ނިންމާ އެންމެންނަށް މާދަމާ ރޭ 12ގެ ކުރިން ޕާސްޕޯޓު ލިބޭނެ ކަމަށެވެ.

އެގޮތުން، އެޕޮއިންޓްމަންޓް ހަމަޖެހުމާއެކު، އެސްއެމްއެސްއަކުން އެކަން އަންގާނެ ކަމަށް އެ އިއުލާނުގައިވެއެވެ. އަދި އެޕޮއިންޓްމެންޓް ލިބޭ މީހުން ގަޑިއަށް ފަރުވާތެރިވުމަށް ވެސް އިމިގްރޭޝަނުގެ އިލްތިމާސްކުރެއެވެ.

މީގެ އިތުރުން، ކުރީ ދުވަހުގެ އެޕޮއިންޓްމެންޓަކަށް ނާދެވިފައިވާ ނަމަ، މެންދުރުފަހު 15:00ގެ ކުރިން ކިއުބީ މެދުވެރިކޮށް ކިއު ނަންބަރެއް ނެގުމަށް ވެސް އިމިގްރޭޝަނުން އެދެއެވެ.

މީގެ ކުރިން އިމިގްރޭޝަނުން ވަނީ ޕާސްޕޯޓަށް އޮތް ޑިމާންޑު ބޮޑުވެ، ދުވާލަކު 800 ޕާސްޕޯޓު ހައްދަން ޖެހިފައިވާ ކަމަށް ބުނެފައެވެ. އެއާއެކު، އިމިގްރޭޝަނުގެ މަސަައްކަތް ރޭގަނޑު 21:30އާ ހަމައަށް ވަނީ ދަންމާލާފައެވެ.

comment ކޮމެންޓް