"ވިލާ ގޭސް ހިޔާ ލަކީޑްރޯ"ގެ ގުރުއަތު ނެގުން މިރޭ

ވިލާ ގޭސް

ވިލާ ކުންފުނީގެ ވިލާ ހަކަތައިން "ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ"ގެ ނަމުގައި މިދިޔަ އަހަރު ފެށި ޕްރޮމޯޝަންގެ ނަސީބުވެރިން މިރޭ ހޮވާނެކަން އިއުލާންކޮށްފިއެވެ.

"ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ"އަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވެގެން ހަ މަސް ދުވަސް ވަންދެން ވިލާ ގޭސް އޯޑަރުކޮށް ފައިސާ ދައްކާ މީހުންގެ މެދުގައި ކުރިއަށްގެންދިޔަ ހާއްސަ ޕްރޮމޯޝަނެކެވެ.

އެ ޕްރޮމޯޝަންގައި ބައިވެރިވި މީހުންގެ މެދުގައި ލަކީ ޑްރޯ މިރޭ ނަގާނެއެވެ. އެގޮތުން އެ ލަކީ ޑްރޯ ނެގުމަށް ހަމަޖެހިފައި ވަނީ މިރޭ 20:40 ގައެވެ. އެ ލަކީޑްރޯގެ ގުރުއަތު ނެގުން މިރޭ ވީޓީވީ މެދުވެރިކޮށް ދައްކާނެއެވެ.

އެ ގުރުއަތުގައި ބައިވެރިވި މީހުންގެ ތެރެއިން، ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން ހޮވޭ އެއް ފަރާތަކަށް ހަ މަސްދުވަހުގެ ފްލެޓް މެއިންޓެނަންސް ފީ ކަމުގައިވާ 6،000 ރުފިޔާ ވިލާ ގޭހުން ދައްކައިދޭނެއެވެ. މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ގޭސް ފުޅީގެ އަގު މުޅިން ހިލޭ ކުރެވޭ ގޮތްވެސް ހަދާފައިވެއެވެ.

comment ކޮމެންޓް