ޖިންސީ ގޯނާގެ މައްސަލައެއްގައި ކުރީގެ ޓީޗަރަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި

އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނީ މަޖީދިއްޔާގެ ކުރީގެ ޓީޗަރެއް ކަމަށްވާ އޮމަނަކުއްޓަން ކަރޫނާކަރަކުރޫޕު ހޯދުމަށް -- ފޮޓޯ/ އިންޓަޕޯލް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައަކާ ގުޅިގެން، މަޖީދިއްޔާ ސްކޫލުގެ ކުރީގެ ޓީޗަރަކު ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފިއެވެ.

އިންޓަޕޯލްއިން ނެރުނު ރެޑް ނޯޓިސްގައި ވަނީ އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ އޮމަނަކުޓަން ކަރޫނާކަރަކުރޫޕު ނަމަކަށް ކިޔާ ކުރީގެ ހިސާބު ޓީޗަރަކު ހޯދަމުން އަންނަ ކަމަށެވެ.

އޭނާ ހޯދަނީ 2020 ވަނަ އަހަރުން ފެށިގެން އުމުރުން 14 އަހަރުގެ ދަރިވަރަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން ކަމަށްވެސް އެ ނޯޓިސްގައިވެއެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައިނުވާއިރު، ދިވެހި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އޮމަނަކުޓަން ރާއްޖެއިން ފިލައިގެން ފުރާފައިވާ ކަމަށް އެ ނޯޓިސްގައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެކޭ ބުނެފައިނުވެއެވެ.

އޮމަނަކުޓަންއަކީ ދާދި ފަހަކާ ޖެހެންދެން މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދިން ޓީޗަރެކެވެ.

comment ކޮމެންޓް