އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް އެމްއެސް ލައިޓް 30 ދުވަހަށް ހިލޭ

މާލެއާއި ހުޅުމާލޭގައި ތިބި އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް މީޑިއާނެޓުގެ އެމްއެސް ލައިޓް އެޕް 30 ދުވަހުގެ މުއްދަތަށް ހިލޭ ދޭން ފަށައިފިއެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ ސުޕަނެޓް ހިދުމަތް މާލެއާއި ހުޅުމާލޭގައި މިހާރު ބޭނުންކުރަމުން އަންނަ ކަސްޓަމަރުން، އެންޑްރޮއިޑް ސްމާޓް ޓީވީއަށް އެމްއެސް ލައިޓް އެޕް ޑައުންލޯޑު ކުރުމަށްފަހު، ހާއްސަ ކިއުއާރު ކޯޑެއް ސްކޭން ކުރުމުން އެ ފްރީ ޓްރަޔަލްގައި ބައިވެރި ވެވޭނެ ކަމަށެވެ.

އުރީދޫގެ ސުޕަނެޓް ފައިބާ ހިދުމަތަކީ ކަސްޓަމަރުންނަށް ބޮޑެތި އެލަވަންސްތަކެއް ލިބޭ ޑޭޓާ ޕެކް ތަކަކާއެކު ފަރުމާ ކުރެވިފައިވާ ހިދުމަތެކެވެ. މީގެ އިތުރުން، ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު، މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާކޮޅު ދެން އަންނަ މަހު ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ދާދި ފަހުން ތައާރަފު ކުރި ގޭމިން އަދި ސްޓްރީމިން ޕެކްތަކާއެކު އެންމެ 100 ރުފިޔާއަށް 100 ޖީބީގެ ޑޭޓާ ސިކުންތަކު 100 އެމްބީޕީއެސްގެ ސްޕީޑުގައި ވެސް ލިބޭނެއެވެ.

comment ކޮމެންޓް