ބޭނުންވަނީ ނޭމާ ޕީއެސްޖީގައި މަޑުކުރަން: ޕީއެސްޖީގެ އާ ކޯޗު

ނޭމާ ޖޫނިއާ---

ބޭނުންވަނީ ނޭމާ ޖޫނިއާ ޕީއެސްޖީގައި މަޑުކުރަންކަމަށް އެ ޓީމާ އަލަށް ހަވާލުވި ކޯޗު ކްރިސްޓޮފާ ގަލްޓިއާ ބުނެފިއެވެ.

ފުޓުބޯޅައިގައި މަޝްހޫރު ނޫސްވެރިޔާ ފަބްރީޒޮއޯ ރޮމާނޯ ބުނާގޮތުގައި ޕީއެސްޖީގެ އާ ކޯޗު ގަލްޓިއާ ބޭނުންވަނީ ނޭމާ އެ ޓީމުގައި މަޑުކުރާށެވެ.

އޭނާ ބުނީ ނޭމާއަކީ ދުނިޔޭގެ އެންްމެ މޮޅެތި ކުޅުންތެރިންގެ ތަރޭގައި ހިމެނޭ ކުޅުންތެރިއެއްކަމަށާއި، ކޮންމެ ކޯޗެއް ވެސް އޭނާއާކު މަސައްކަތް ކުރަން ބޭނުންވާނެކަމަށެވެ.

"އަހަރަން ޕްލޭންގައި ނޭމާ ނިމެނޭ. އަހަރެން ބޭނުންވަނީ ނޭމާ ޓީމުގައި މަޑުކުރަން،" ގަލްޓިއާ ބުންޏެވެ.

މި ޓްރާންސްފާ މާކެޓުގައި ނޭމާ ހޯދުމަށް ގިނަ ކުލަބުތަކަކުން ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ޗެލްސީއާއި ނިއުކާސަލް ޔުނައިޓެޑުން ވަނީ އޭނާއަށް ފާރަލާފައެވެ.

އުމުރުން 30 އަހަރުގެ ނޭމާ 2017 ވަނަ އަހަރު ދުނިޔޭގެ ރިކޯޑު ފީއަކަށް ޕީއެސްޖީއަށް ބަދަލުވީ ސްޕެއިންގެ ބާސެލޯނާއިންނެވެ. އެ ޓީމުގައި އޭނާ ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. އެ ޓީމާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ވެސް އުފުލާލައިފައެވެ.

ނަމަވެސް ނޭމާ ޕީއެސްޖީއަށް ބަދަލުވުމަށްފަހު އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ އޭނާއަށް ކުރީގެ މޮޅު ކުޅުން ނުދެއްކޭކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ދުނިޔޭގައި މިވަގުތު ތިިބި އެންމެ ވަރުގަދަ ކުޅުންތެރިންނާއެކު ޕީއެސްޖީއަށް ރަނގަޅު ނަތީޖާއެއް ނެރެވިފައިނުވާތީ އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ މަޤާމުން ވަކިކޮށްފައެވެ.

މީގެ އިތުރުން އެ މަޤާމަށް ފްރާންސްގެ ކުލަބް އޯޖީސީ ނީސްގެ ކުރީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއާ ވަނީ ހަމަޖައްސާފައެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީގެ އިތުރުން މެދުތެރެއަށް ލިވަޕޫލަށް ކުޅުނު ގިނީ ވައިނާލްޑަމްއާއި ޑިފެންސްލައިނަށް ރެއާލް މެޑްރިޑަށް ކުޅުނު ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު ސާޖިއޯ ރާމޯސްގެ އިތުރުން އަޝްރަފް ހަކީމީ އެ ޓީމަށް ވަނީ ގެނެސްފައެވެ. ނަމަވެސް އެ ޓީމުން ދާންބޭނުންވި މަންޒިލަށް ވަނީ ނުދެވިފައެވެ.

ކޮންމެ އަހަރަކު އެ ޓީމުން ނިކުންނަނީ ޗެމްޕިއަންސް ލީގު ހޯދުމުގެ އުންމީދުގައެވެ. ނަމަވެސް އެ ޓީމުގައި އޮތް ވަރުގަދަ ސްކޮޑާއެކު ވެސް ޗެމްޕިއަންސް ލީގު ގަދަ 16 އިން އެ ޓީމު ވަނީ ކަޓާފައެވެ.

comment ކޮމެންޓް