ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަމައްދު ޞާލިހް ސައުދީ އަރަބިއާގެ މަދީގައި ހުންނަ މަސްޖިދުއް ނަބަވީއަށް ޒިިޔާރަތް ކުރައްވައިފިއެވެ.
މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ޓަކައި ރައިީސާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސަޢޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންނެވީ މިއަދެއެވެ.
މަސްޖިދުއްނަބަވީއަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެސިސްޓެންޓް ޖެނެރަކް ޕްރެޒިޑެންޓް ފޯ ދަ އެފެއާޒް އޮފް ދަ ޕްރޮފެޓް މޮސްކް ޑރ. މުޙައްމަދު އަލް ޚުދައިރީއެވެ.

ރައީސުލްޖުމްހޫރިއްޔާ، މަސްޖިދުއްނަބަވީގައި ނަމާދު ކުރައްވަނީ --
މި ޒިޔާތުގައި ރައީސްގެ އަރިހުގައި ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދުއާއި ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ދިވެހި ޙައްޖާޖީންނާ ބައްދަލު ކުރައްވައި ޙާލު ބައްލަވާފައެވެ. އަދި މިއަހަރުގެ ރާއްޖެއިން ހައްޖަށް ފުރާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕުގައި ހިމެނޭ ފަރާތްތަކާ، އެއާޕޯޓުން ބައްދަލުކުރައްވައި އަލްވަދާއު ވިދާޅުވިއެވެ.
ސައުދީ އަރަބިއާގެ މައްކާގައި ޤާއިމްކޮށްފައިވާ ރާއްޖޭގެ ޙައްޖު މިޝަނުން ބުނީ ރާއްޖެއިން ޙައްޖަށް ގޮސް ތިބި ހުރިހާ ޙައްޖާޖީންގެ ހާލު ވެސް މިވަގުތަށް ރަނގަޅު ކަމަށެވެ.