ބާރު ސްޕީޑުގައި ދިޔަ ކާރެއް ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު މަރުވެއްޖެ

ބަހަކާއި ކާރެއް ޖެހި މިއަދު ހިނގި އެކްސިޑެންޓުގައި ބަހުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި ---

މިއަދު އިރުއޮއްސުނުއިރު އެމްްޓީސީސީ ބަހަކާއި ކާރެއް ޖެހި ހިނގި ނުރައްކާތެރި އެކްސްޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެއެވެ.

އައިޖީއެމްއެޗުން ވަނީ "ސަން"އަށް އެކަން ކަށަވަރުކޮށްދީފައެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓުގައި ހަ މީހަކަށް އަނިޔާވެފައިވާކަމަށެވެ. އެއީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުންނެވެ. އޭގެތެރެއިން މަރުވެފައި ވަނީ އަންހެނެކެވެ.

މިހާތަނަށް ބެލިބެލުމުން އެ އެކްސިޑެންޓު ހިނގާފައިވަނީ ކުޅިވަރު އެކުވެނި ކައިރިން ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް އެހެން ކާރެއްގައި ޖެހި އެ މަގުން ދުއްވާފައިދިޔަ ބަހުގައި ޖެހިގެންކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް