ރައީސްގެ ދެކަނބަލުން ހައްޖަށް ފުރާވަޑައިގެންފި

ރައީސްގެ ދެކަނބަލުން މިއަދު ހައްޖަށް ފުރާވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައިީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ސަޢޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މީގެ ކުރިން "ސަން"އަށް ވިދާޅުވީ އެ ދެ ކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ އަމިއްލަފުޅު ދަތުރެއްގައި ކަމަށެވެ.

ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ މިއަހަރު ރާއްޖެއަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން ނޫން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ހަމަޖައްސާފައިވާ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވެސް ވަނީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް އިއްޔެ ސައުދީއަށް ވަޑައިގެންފައެވެ.

ރާއްޖޭން މިއަހަރު ޙައްޖަށް ދިއުމަށް ސައުދީން ކޯޓާ ދިނީ 453 މީހުންނަށެވެ. އޭގެ ތެރެއިން ފަހު ގުރޫޕް ފުރާފައިވަނީ މިދިޔަ ހޮނިހިރު ދުވަހެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.

comment ކޮމެންޓް