ހަށިގަނޑުން ޕްރޮޓީން މަދުވުމަކީ ބަރުދަން އިތުރުވާ ކަމެއް: ދިރާސާ

ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުގެ ތެރޭގައި ހިމެނޭ ޕްރޮޓީންއަކީ އިންސާނާގެ ހެދިބޮޑުވުމަށާއި މަސްތައް ވަރުގަދަކުރުމަށްޓަކައި ވެސް ބޭނުންތެރި މާއްދާއެކެެވެ. މީގެ އިތުރުން އައު ސެލްތަށް އުފެއްދުމަށާއި ހަށިގަނޑުގައިވާ އެންޒައިމްތަކާއި ހޯމޯންތައް އެއްވަރެއްގައި ބެހެއްޓުމަށްޓަކައި ޕްރޮޓީން ބޮޑު ރޯލެއް އަދާ ކުރެއެެވެ.

ޕްރޮޓީންއަކީ ކެލްސިއަމް ހަށިގަނޑަށް ނަގައިގަތުމަށާއި ކަށިތައް ވަރުގަދަ ކުރުމަށް މުހިންމު މާއްދާއެކެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕްރޮޓީންސް ނުލިބޭނަމަ ކަށިތަށް ފީވެ ކަށިތަށް ބިންދައިގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެންދެއެެވެ. އަދި ޕްރޮޓީންސް މަދު މީހެއްގެ ކަށިތަށް ބިނދިއްޖެނަމަ ރަނގަޅުވާންވެސް ވަގުތު ނަގައެވެ. މީގެ އިތުރުން އާ ސެލްތަކާއި ޓިޝޫތައް އުފެއްދުމަށް ވެސް ޕްރޮޓީން ބޭނުންވެއެވެ.

މީގެ އިތުރުން ޕްރޮޓީންސް އެކުލެވޭ ބައެއް ކާނާތަކުގައި ހުންނަ ޓްރައިޕްޓޮފޭންއަކީ ނިދަން ފަސޭހަކޮށްދޭ އެމިނޯ އެސިޑެޓެކެވެ. އެހެންކަމުން، ބައެއް ފަހަރު ނިދަން އުނދަގޫވަނީ ހަށިގަނޑުން ޕްރޮޓީންސް މަދުވުމުން ކަމަށް ވެދާނެއެވެ. ރޭގަނޑު ރަނގަޅަށް ނިދަން ބޭނުންވާނަމަ، ނިދުމުގެ ކުރިން ޕްރޮޓީންސް އެކުލެވޭ ކާނާ ކެއުމަކީ މުހިންމު ކަމެކެވެ.

ހަށިގަނޑުން ޕްރޮޓީންސް މަދުވާނަމަ ފޮނި ކެއުންތަށް ކާހިތްވާނެއެވެ. ސަބަބަކީ ޕްރޮޓީންއަކީ ލޭގައި ހަކުރުގެ މިންވަރު އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ މާއްދާއަކަށްވާތީއެވެ. އާންމު ގޮތެއްގައި ކެއުމުގައި ފޮނި ތަކެތި ބޭނުން ކުރާނަމަ ބަރުދަން އިތުރުވެގެންދެއެވެ. ޕްރޮޓީންސް ގިނައިން އެކުލެވޭ ކެއުންތަކުގައި ކާބޯހައިޑެރޭޓްސްއަށްވުރެ ގިނައިން ކެލޮރީސް ހިމެނެއެވެ. ނަމަވެސް ޕްރޮޓީންސް އެކުލެވޭ ކެއުންތަކަކީ މާގިނައިން ކެއުމުން ދުރުހެލިކޮށްދޭ އެއްޗެކެވެެ.

ކޮންމެ މީހަކީވެސް ރީތި އިސްތަށިގަނޑަކާއި ހަންގަޑެއް ބޭނުންވާ މީހެކެވެ. އިންސާނާގެ އިސްތަށިގަޑުގެ 90 ޕަސެންޓަކީ ކެރަޓިން ނަމަކަށް ކިޔާ ޕްރޮޓީންއެކެވެ. އެހެންކަމުން އިސްތަށިގަނޑުގެ ކުލަ ބަދަލުވެ އާދަޔާ ހިލާފަށް ބޮލުން އިސްތަށި ފޭބުމަކީ ހަށިގަނޑުން ޕްރޮޓީންސް މަދުވާ ކަމުގެ ނިޝާނެކެވެ.

ނުރައްކާތެރި ބެކްޓީރިއާތަކާއި އިންފެކްޝަންތަކުން އަހަރަމެންގެ ހަށިގަނޑު ރައްކާތެރި ކުރުމަށް އެހީތެރިވެދޭ ޕްރޮޓީންސްއަކީ ވަރަށް މުހިންމު މާއްދާއެކެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށްޓަކައި ޕްރޮޓީންސް އެކުލެވޭ ކެއުންތަށް ގިނައިން ކެއުމަކީ މުހިންމުކަމެކެވެ.

comment ކޮމެންޓް