ރައީސްގެ ދެ ކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ފަސްޓް ލޭޑީ ފަޒްނާ އަޙުމަދު--

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ހައްޖަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް، "ސަން"އަށް ވިދާޅުވީ އެ ދެ ކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ އަމިއްލަފުޅު ދަތުރެއްގައި ކަމަށެވެ.

"މިއީ މިއަހަރު ރާއްޖެއަށް ލިބުނު ކޯޓާގެ ތެރޭގައި ހިމެނޭ ދަތުރެއް ނޫން. އަމިއްލަފުޅަށް ވަޑައިގަންނަވަނީ،" މަބްރޫކް ވިދާޅުވިއެވެ.

ހައްޖުގެ މާތް އަޅުކަމަށް އެ ދެ ކަނބަލުން ފުރާވަޑައިގަތުމަށް ނިންމަވާފައިވަނީ މާދަމާއެވެ.

ރާއްޖޭން މިއަހަރު ހައްޖަށް ދިއުމަށް ސައުދީން ކޯޓާ ދިނީ 453 މީހުންނަށެވެ. އޭގެ ތެރެއިން ފަހު ގުރޫޕް އިއްޔެ ވަނީ ހައްޖަށް ދިއުމަށް ފުރާފައެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ.

comment ކޮމެންޓް