އާރްސީސީން ހުޅުމާލޭގައި ބިނާކުރި މިސްކިތް ހުޅުވައިފި

އާރްސީސީން ހުޅުމާލޭގައި ބިނާކުރި "މަސްޖިދުއް ރަޝީދު" ---

އާރްސީސީ ކުންފުނިން ހުޅުމާލޭގައި އިމާރާތްކުރި "މަސްޖިދު ރަޝީދު" މިރޭ ހުޅުވައިފިއެވެ.

މިރޭގެ ޢިޝާ ނަމާދާ އެކު ހުޅުވި އެ މިސްކިތް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. އެ ޖަމާއަތުގައި ރައީސްގެ އިތުރުން، އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ އާއި، ސަރުކާރުގެ ވެރިންގެ އިތުރުން އާރްސީސީ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.

އާރްސީސީން ހުޅުމާލޭގައި ބިނާކުރި "މަސްޖިދުއް ރަޝީދު" ރައީސް ހުޅުއްވައިދެއްވަނީ ---

އެ މިސްކިތަކީ އާރްސީސީގެ ކޯ ފައުންޑާ އަދި ކުރީގެ ޗެއާމަން، މަރުހޫމް ޢަބްދުއްރަޝީދުގެ މައިންބަފައިންގެ ހަނދާނުގައި ބިނާކުރި މިސްކިތެކެވެ. މަރުހޫމް ޢަބްދުއްރަޝީދަކީ އެ ކުންފުނީގެ މިހާރުގެ ޗެއާމަން އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ ބައްޕައެވެ.

ޖުމްލަ ތިން ފަންގިފިލާ ހުންނަ އެ މިސްކިތުގައި އެއްފަހަރާ 1200 މީހުންނަށް ނަމާދު ކުރެވޭނެއެވެ. އެ މިސްކިތުގައި އެންމެ ޒަމާނީ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމު ކުރެވިފައިވެއެވެ.

އެ މިސްކިތުގައި ނަމާދު ކުރަން ފެށުމާއެކު، ކައިރީ ހުރި ވަގުތީ މިސްކިތް، މަސްޖިދުލް ފިތުޔާގައި ނަމާދުކުރުން މިހާރު ވަނީ ހުއްޓާލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް