ސިފައިން ކުރިއަށް ގެންދިޔަ ތަމްރީނެއް ރައީސް ބައްލަވައިލައްވައިފި

ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ކުރިއަށް ގެންދިޔަ "އޮފިސާސް ރޭންޖު ޑޭ 2022"ގެ ހަރަކާތްތައް ރައީސް ޞާލިޙް ބައްލަވާލެވުން -- ފޮޓޯ/ އެމްއެންޑީއެފް

ކ. ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ކުރިއަށް ގެންދިޔަ "އޮފިސާސް ރޭންޖު ޑޭ 2022"ގެ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

މިމަހުގެ ފުރަތަމަ ދުވަހުގެ މެންދުރުފަހުގައި ފެށި ރޭންޖު ޑޭގައި، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ހޯދުނު ޒަމާނީ އެކިއެކި ވެޕަން ސިސްޓަމްތަކުގެ ޑިސްޕްލޭއެއް، ރައީސް، ވަނީ ބައްލަވާލައްވާފައެވެ.

އެމްއެންޑީއެފުން ބުނީ އެ ޑިސްޕްލޭގައި، ޚާއްސަ އަސްކަރީ ހަރަކާތްތަކުގައި ބޭނުންކުރުމަށް އެމްއެންޑީއެފަށް އަލަށް ހޯދި ހަތިޔާރާއި، ޕާސަނަަލް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރުގެ އިތުރުން ސަޕޯޓް ވެޕަންގެ ގޮތުގައި ބޭނުންކުރާ ހަތިޔާރުތައް ރައީސް، ބައްލަވައިލެއްވި ކަމަށެވެ.

މިއަދު ބޭއްވި ވެޕަން ޑޭގައި، އެ ހަތިޔާރުތަކުގެ ޓެސްޓް ޝޫޓިންތައް ގިރިފުށީ ޓްރެއިނިން ސެންޓަރުގެ ފަޔަރިން ރޭންޖުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޮފިސާސް ރޭންޖު ޑޭގެ ހަރަކާތްތައް ބައްލަވައިލެއްވުމަށް ރައީސާއި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދެބޭފުޅުންގެ އިތުރުން މި ހަރަކާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއާ އޮފިސަރުން ވަނީ އަމަލީގޮތުން ބައިވެރިވެފައެވެ.

comment ކޮމެންޓް