ސަލްމާން މިސްކިތުގައި ހުކުރު ނަމާދަށް ހުރަސް އެޅި މީހާ ދޫކޮށްލައިފި

ހުކުރު ކުރަން ހުރަސް އެޅި މީހާ ހައްޔަރު ކުރަނީ-- ފޮޓޯ: އެމްވީ ކްރައިސިސް

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްގެ ލޯގޯ ޖަހާފާއި ހުރި ޖުއްބާއެއް ލައިގެން ހުރެ، ސަލްމާން މިސްކިތުގައި ހުކުރު ކުރަން ހުރަސް އެޅި މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން'އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަމަށެވެ.

ނަމަވެސް ހައްޔަރުކުރި މީހާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއް ކަމުން އޭނާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މީހާ ވަނީ ޚުތުބާ ކިޔަން ތައްޔާރު ވަނިކޮށް މިންބަރަށް އަރައި އަޑުގަދަ ކޮށްފައެވެ. އޭނާ ހުރީ އައިއެސްގެ ލޯގޯ ޖަހާފައި ހުރި ކަޅު ކުލައިގެ ޖުއްބާއެއްލައި ބޮލުގައި ފަގުޑި އަޅާފައެވެ.

އެ މީހާ ހުކުރު ނަމާދަށް ހުރަސް އެޅުމުން އެކަން ހުއްޓުވީ ސިފައިންނާއި މިސްކިތަށް ނަމާދަށް ގޮސް ތިބި މީހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް