ޓްރީ ޓޮޕް ހޮސްޕިޓަލުން ނަފްސާނީ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓެއް ހުޅުވައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ނަފްސާނީ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓެއް ހުޅުވައިފި --

ނަފްސާނީ ބަލިތަކަށާއި އެފަދަ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހާއްސަ ޑިޕާޓްމެންޓެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި ނަފްސާނީ ބައްޔަށް ހާއްސަ ޑިޕާޓްމެންޓެއް ހުޅުވަން ނިންމީ، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާއެކު ފަރުވާ ދިނުމުގެ މަގްސަދުގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަފްސާނީ ބަލިތައް ބެލުމަށް އެންމެ އިސްކޮށް ހުންނަވާނީ ކޮންސަލްޓަންޓް ސައިކިއޭޓްރިސްޓް، ޑރ. މުޙައްމަދު އިއްސުއްދީނެވެ.

ޑރ. އިއްސުއްދީން ފަރުވާދިނުމުގައި ހާއްސަވާ ދާއިރާތަކަކީ، މުސްކުޅި އުމުރުފުރާގެ ނަފްސާނީ ބަލިތައް، ކުޑަކުދިންގެ ނަފްސާނީ ބަލިތައް، ޑިޕްރެޝަން، ހާސްވުމާއި ކަންބޮޑުވުން، އަދި ޖިންސީ ގުޅުން ހިންގުމަށް ދިމާވާ އުނދަގޫތަކަށެވެ.

ޑރ. އިއްސުއްދީން އެމްބީބީއެސް ހާސިލުކުރެއްވީ އިންޑިއާގެ ކޮލިކޯޑް މެޑިކަލް ކޮލެޖުންނެވެ. އަދި މާސްޓާސް ފުރިހަމަ ކުރެއްވީ ކޮޓަޔަމް ސަރުކާރު މެޑިކަލް ކޮލެޖުންނެވެ. ޑރ. އިއްސުއްދީން ކޮންސަލްޓެންޓެއްގެ ގޮތުގައި ކޮލިކޯޑް ސަރުކާރުގެ މެންޓަލް ހެލްތް ސެންޓަރާއި ކޮލިކޯޑް ޑިސްޓްރިކްޓް ހޮސްޕިޓަލުގައި މަސައްކަތް ކުރެއްވިއެވެ.

ޓްރީ ޓޮޕްގެ ޚިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު 3351610އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.


comment ކޮމެންޓް