ރައްޔިތުންގެ ކިބައިން އަލަމްގިރި މައާފަށް އެދިއްޖެ

ބަންގްލަދޭޝްގެ އަލަމްގިރި: އޭނާ ވަނީ ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިފައި

ސިޔާސީގޮތުން ހައިޕްރޮފައިލް ބޭބޭފުޅުންނާ އެކު އެއްޖިއްސުން ގުޅުންހިއްގައި، ވީޑިއޯކުރި މައްސަލައިގައި ބަންގްލަދޭޝްގެ އަލަމްގިރި ތައުބާގެ ރައްޔިތުންގެ ކިބައިން މައާފަށްއެދިއްޖެއެވެ.

އޭނާ މައާފަށް އެދި ތައުބާވާ ވީޑިއޯއެއް ވަނީ "ސަން"އަށް ލިބިފައެވެ. އެ ވީޑިއޯގައި އޭނާ ބުނަނީ އޭނާ އަކީ ވަރަށް ފަގީރު މީހެއްކަމަށާއި ހެވާއި ނުބައި ނޭނގޭކަމަށެވެ. އަދި އޭނާ ތައުބާ ވެފައިވާކަމަށާއި ދިވެހި ރައްޔިތުން އޭނާ އަށް މާފުކޮށްދިނުމަށް އަލަމްގިރި ވަނީ އެދިފައެވެ.

"އަހަރެން ތައުބާ ވެއްޖެއިން. މި ރާއްޖޭ ހުރިހާ މީހުން އަހަރެން މާފުކުރާދީބަލަ،" އޭނާ ބުންޏެވެ.

މިދިޔަ ހުކުރު ދުވަހުން ފަށައިގެން މީސްމީޑިއާގައި މިވަނީ އިއްޒަތްތެރި ބައެއް ބޭބޭފުޅުން، ބަދުއަޚުލާޤީ ޢަމަލުހިންގާ މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ އާއްމުކުރަން ފަށާފައެވެ.

އެގޮތުން މިދިޔަ ހުކުރު ދުވަހަށް އިރު އެރީ ބިދޭސީ ފިރިހެނަކާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ޤާނޫނީ ވަކީލް އަޙްމަދު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހަކު، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނިކޮށެވެ.

އެއަށްފަހު، އެމްވީލީކް، 2.0ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކުން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރެވެ.

އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއިން ފެންނަ ކޮޓަރީގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހުއްޓައި ނަގާފައިވާ ފޮޓޯއެއް ވެސް މިދިޔަ އަންގާރަ ދުވަހު ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ.

އެކަމާ ގުޅިގެން އޭނާ ވިދާޅުވީ މީޑިއާގައި ދައުރުވާ ފޮޓޯގައި އޭނާ ހުރި ކޮޓަރިއަކީ ވިޔަފާރި ބައްދަލުވުމަކަމަށް ކަމަށް ބުނެ ތަކުރާރުކޮށް ގުޅައިގެން ގެންދިޔަތަނެއްކަމަށެވެ. އަދި އޭނާ އެތަނަށް ދިޔައީ އެއީ ކޮވިޑް ދުވަސްވަރަށް ވެފައި ފަސޭހައިން ބޭރުތެރޭގައި ބައްދަލުވުންތައް ނުބޭއްވޭތީކަމަށް ކާނަލް ނަޝީދު ވިދާޅުވިއެވެ.

"އެމީހުންގެ މަޤްޞަދަކަށްވެފައި އޮތީ އަޅުގަނޑު ލައްވާ އެއަމަލު ހިންގުން. އަޅުގަނޑު އެކަމުން ބަރީއަވިން،" ކާނަލް ނަޝީދު ވިދާޅުވިއެވެ.

ކާނަލް ނަޝީދު ވިދާޅުވީ ދެ ލައްކަ ރުފިޔާ ހޯދަން އެދި، ފޮޓޯތައް ލީކުކޮށްލާނެ ކަމުގެ ބިރު އޭނާއަށް ދެއްކި ކަމަށެވެ. ނަމަވެސް ފައިސާ ވެސް ދީފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފަށައިގެން ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން އަންނަކަން އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ކުރާ ބައެއް މީހުން ދެނެގަނެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް