ދިރާސީ އަހަރު ނިންމައި ދަރިވަރުން ބޮޑު ޗުއްޓީއަށް

ދިރާސީ އަހަރު ނިންމުމުގެ ގޮތުން އިސްކަންދަރު ސްކޫލުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން-- ފޮޓޯ: އިސްކަންދަރު ސްކޫލް

މިއަހަރުގެ ދިރާސީ އަހަރު ނިންމައި ދަރިވަރުންގެ ބޮޑު ޗުއްޓީއަށް ސްކޫލްތައް ބަންދުކޮށްފިއެވެ.

ދިރާސީ އަހަރު ނިންމުމުގެ ގޮތުން މިއަދު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ރިޕޯޓް ފޯމް ހަވާލުކޮށްފައެވެ.

ސްކޫލް ބަންދުވުން ފާހަގަ ކުރުމުގެ ގޮތުން އެކި ސްކޫލްތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ބަންދު ދިމާވަނީ ބޮޑު އީދާއި މިނިވަން ދުވަހުގެ ބަންދާ ވެސް އެކުއެވެ. ބަންދާ ދިމާކޮށް އަތޮޅު ތެރެއަށާއި ރާއްޖޭން ބޭރަށް ދިއުމަށް ގިނަ ބަޔަކު އަންނަނީ ތައްޔާރު ވަމުންނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ދެން ފަށާނީ އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުއެވެ.

ސުކޫލުތަކުގެ ދިރާސީ އަހަރު ފެށުން މީލާދީ އަހަރުގެ މެދުތެރެއަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުއެވެ.

comment ކޮމެންޓް