ޔޯގާ ހަމަނުޖެހުން: ފަތުވާ މަޖިލީހުގެ ރައުޔެއް ހޯދަން އެދިއްޖެ

އިދިކޮޅު ޕީއެންސީގެ ޕީޖީ ގްރޫޕް ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ / މަޖިލިސް

ޔޯގާހެދުމާ ބެހޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔަކީ ކޮބައިކަން ސާފުކޮށްދިނުމަށް މަޖިލިހުގެ ކަމާބެހޭ ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ސިޓީއެއްގައި ވަނީ، މިމަހުގެ 21ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ޔޯގާ ހަރަކާތާ ގުޅިގެން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު ޔޯގާ ހެދުމާބެހޭގޮތުން ފަތުވާ މަޖިލީހުގެ ރައުޔެއް ނުނެރެ މިހާގިނަދުވަސްވެގެން ދިއުމަކީ ވަރަށް ޒިންމާދަރުކަން ކުޑަ އަމަލެއްކަމަށެވެ.

އެހެންކަމުން ފަތުވާ މަޖިލީހުގެ ޒިންމާ އަދާކޮށްފައި ނުވަނީ ކީއްވެތޯއާއި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ރަވާފައިވަގޮތް ސާފުކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެއެވެ.

މިމަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދެ ދީނީ އިލްމުވެރިޔަކު ހިމެނޭ ގޮތަށް، ޖުމްލަ 21 މީހަކު ފުލުހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ބަލަމުންނެވެ.

comment ކޮމެންޓް