އެސްޓީއޯއިން މަކިޓާގެ ޝޯރޫމެއް ހުޅުވައިފި

އެސްޓީއޯ އިން އަލަށް ހުޅުވި މަކިޓާ ޝޯ ރޫމް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދުނިޔޭގައި މަޝްހޫރު މަކިޓާ ބްރޭންޑްގެ ޝޯރޫމެއް އެސްޓީއޯ އިން ރޭ ހުޅުވައިފިއެވެ.

ޝޯރޫމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދާއި އެސްޓީއޯގެ މަކިޓާ ސަޕްލަޔަރު ކަމުގައިވާ މަކިޓާ ސިންގަޕޯގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު އިކެޑާ ސަންއެވެ.

ސީ ޓްރެކްސް ހުންނަ އިމާރާތުގެ ގްރައުންޑް ފްލޯގައި ހުޅުވި މަކިޓާ ޝޯރޫމްއިން މަކިޓާ އުފެއްދުންތަކުގެ ސްޕެއާ ޕާޓްސްއާއި އާފްޓާ ސޭލްސް ސާވިސް ވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ސޭލްސް އެސޯސިއޭޓް ނޫރު އަހުމަދު ވިދާޅުވީ ޝޯރޫމް ހުޅުވުމުގެ ބޭނުމަކީ ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް އުފެއްދުންތައް ފޯރުކޮށްދިނުން ކަމަށެވެ.

މަކީޓާ ސިންގަޕޫރުގެ ރީޖަނަލް ސޭލްސް މެނޭޖަރު ޕްރަމޯޑް ޗަންދްރަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މަކިޓާ ސިންގަޕޫރުގެ ރީޖަނަލް ސޭލްސް މެނޭޖަރު ޕްރަމޯޑް ޗަންދްރަން ވިދާޅުވީ މަކިޓާގެ އުފެއްދުންތަކަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންކަތެއްކަމަށެވެ.

"...މީގެ އިތުރުން މަކިޓާއިން އެންމެ އިސްކަމެއްދޭ އަނެއްކަމަކީ ކަސްޓަމަރުންގެ ސަލާމަތާ ރައްކާތެރިކަން. ކޮންމެ އަހަރަކު ގާތްގަނޑަކަށް 20،000 މީހުން މަރުވޭ ކޮންސްޓްރަކްޝަން ޑަސްޓުގެ ސަބަބުން. އެހެންވީމަ މަކިޓާގެ އުފެއްދުންތަކުން ޑަސްޓް މެނޭޖްކުރާނެ،" އޭނާ ވިދާޅުވިއެވެ.

ވަޑާންކުރާ ސާމާނުފަދަ ކަރަންޓު ސާމާނު އުފައްދައި ފޯރުކޮށްދިނުމުގައި މަގުބޫލު މަކިޓާ ބްރޭންޑް ރާއްޖެ ތައާރަފުވީ މީގެ 25 އަހަރު ކުރިންނެވެ. މަކިޓާ ބްރޭންޑަކީ ދިވެހީންގެ ތެރޭގައި ވެސް މަގުބޫލު ބްރޭންޑެކެވެ.

އެސްޓީއޯ އިން އަލަށް ހުޅުވި މަކިޓާ ޝޯ ރޫމް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް އެސްޓީއޯގެ މަކިޓާ ބްރޭންޑްގެ އުފެއްދުންތައް ލިބެންހުންނާނެއެވެ. އެގޮތުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުންނާއި އެސްޓީއޯ ޕީޕަލް ޗޮއިސްއިން މަކީޓާ ބްރޭންޑްގެ އުފެއްދުންތައް ލިބޭނެއެވެ.

މަކިޓާއިން ރާއްޖެ އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ ތެރޭގައި، ވަޑާންކުރުމަށް ހާއްސަ ކަރަންޓު ސާމާނު، އައުޓްޑޯ އެކި މަސައްކަތްތަކަށް ބޭނުންކުރާ ސާމާނު، ގާޑެނިންއަށް ޚާއްސަ އުފެއްދުންތަކުގެ އިތުރުން އިންޑޯ އަދި އާއްމު ދިރިއުޅުމުގައި ބޭނުން ކުރެވޭނެ ވެކިއުމް ކްލީނާ ފަދަ ސާމާނުތައް ހިމެނެއެވެ.

comment ކޮމެންޓް