ޑެމްބެލޭއާއި ސްޓާލިން ހޯދުމަށް ޗެލްސީން މަސައްކަތްކުރަނީ

ސިޓީގެ ސްޓާލިން ---

ޗެލްސީގެ ފޯވާޑް ލައިން އިތުރަށް ވަރުގަދަ ކުރުމަށް ބާސެލޯނާގެ ހަލުވި ފޯވާޑް އޮސްމާނޭ ޑެމްބެލޭއާއި މެންޗެސްޓާ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިން ހޯދުމަށް ޗެލްސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ސްކައި ސްޕޯޓްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ދެ ކުޅުންތެރިން ހޯދުމުގެ ރޭހުގައި އެންމެ ކުރީގައި ވެސް އޮތީ ޗެލްސީއެވެ.

މީގެ އިތުރުން އެ ނޫޫހުން ރިޕޯޓުކޮށްފައިވާގޮތުގައި އެ ދެ ކުޅުންތެރިން ހޯދުމަށް ޗެލްސީން މަސައްކަތް ކުރި ނަމަވެސް އެ ޓީމުން ގަންނާނީ އެތަނުން ކޮންމެވެސް އެއް ކުޅުންތެރިއެކެވެ.

އޭގެ ތެރެއިން ވެސް އެންމެ ގާތީ ބާސެލޯނާގެ ޑެމްބެލޭ ގެނައުމަށްކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. އަންނަ ހަފްތާގެ ތެރޭގައި އޭނާ ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު އެތައް ފަހަރެއްގެ މަތިން ކުރި މަސައްކަތުން ވެސް އޭނާގެ ކޮންޓްރެކްޓު އެ ޓީމަށް އާ ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އެހެންކަމުން ޑެމްބެލޭ ހުށަހަޅާ މުސާރައެއް ދިނުމަށް އެއްބަސްވެ ހިލޭ ޓްރާންސްފާއެއްގައި ޗެލްސީއަށް އޭނާ ގެންދިއުމުގެ ފުރުސަތު އެބައޮތެވެ.

ސިޓީގެ ސްޓާލިން އަކީ ޗެލްސީގެ ކޯޗު ޓުޗެލް ވަރަށް ގަޔާވާ ކުޅުންތެރިއެކެވެ. ޗެލްސީއަށް ދިމާވެފައިވާ ގޯލުޖެހުމުގެ މައްސަލައަށް ހައްލު ގެނައުމަށް އެންމެ އެކަށޭނަ ކުޅުންތެރިއަކީ ސްޓާލިންކަމަށް ޓުޗެލް ގަބޫލުކުރެއެވެ.

ޗެލްސީއަށް ކުރިއަށް ކުޅޭ ރޮމެލޫ ލުކާކޫ އިންޓަ މިލާނަށް އެނބުރި ދާނެކަން ވަނީ ކަށަވަރުވެފައެވެ. އަދި މި ޓްރާންސްފާ މާކެޓުގައި ޓީމު ދޫކޮށްލާނެކަން ށަވަރުވެފައިވާ ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ކެޕްޓަން ކެސާ އަޒްބްލިކުއަޓާ އާއި އަންދްރޭސް ކްރިސްޓެންސެން ހިމެނެއެވެ.

އެހެންކަމުން އެ ކުޅުންތެރިންގެ ބަދަލުގައި ކުޅުންތެރިން އެ ޓީމަށް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޔުވެންޓަސްގެ މަތައިސް ޑި ލިޓް އާއި ޗެލްސީއަށް ސިޓީގެ ނަތަން އަކޭ ހިމެނެއެވެ.

comment ކޮމެންޓް