ފަރުކޮޅުފުށި ހަފްލާތަކަށް ކުއްޔަށް ދޫކުރަން ފަށަނީ

ފަރުކޮޅުފުށި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފަރުކޮޅުފުށީގެ އިވެންޓް ސްޕޭސް އަމިއްލަ ހަފްލާތަކަށް ކުއްޔަށް ދޫކުރަން ފެށުމަށް ނިންމައިފިއެވެ.

އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަޙްމަދު މަޝާރު "ސަން"އަށް ވިދާޅުވީ އެ ތަން ކުއްޔަށް ދޭ އަގުތަކާއެކު ދެތިން ދުވަހެއްގެ ތެރޭ އިއުލާނު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއެކޭ ވެސް އެއްފަދައިން، އެތަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ އެކަމަށް ޚާއްސަކުރެވިފައިވާ ޕޯޓަލެއް މެދުވެރިކޮށެވެ.

"ހަމަ ކުރިއެކޭވެސް އެއްފަދައިން ވެޑިންތަކާއި ކޯޕަރޭޓް އިވެންޓްސްތަކަށާއި އެފަދަ ހަފްލާތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގަމުން އައި ފަރުކޮޅުފުށި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމާއެކު ވަނީ ހުޅުމާލެއާ އެއްފަސްވެފައެވެ. ކޮވިޑް19ގައި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ފެށުމުގެ ކުރިން ވެސް އެތަން ވަނީ އެކި އިވެންޓުތައް ބޭއްވުމަށް ދޫކޮށްފައެވެ.

comment ކޮމެންޓް