ހެލްތުކެއާ ސާމާނު ގަންނަން ދާންވީ މެޑްޓެކް ހޯމްކެއާއަށް

މެޑް ޓެކް ހޯމްކެއާ ޝޯރޫމް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޑްޓެކް މޯލްޑިވްސްއިން ރާއްޖެ އެތެރެކުރާ ގިނަ އުފެއްދުންތަކެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް، މެޑްޓެކް ހޯމްކެއާގެ ނަމުގައި މާލޭގައި ޝޯރޫމެއް ހުޅުވައިފިއެވެ.

މެޑްޓެކުން ހުޅުވި މި ޝޯރޫމުން އާދައިގެ ވީލްޗެއާ އާއި އިލެކްޓްރިކް ވީލްޗެއާ އަދި ބަލިމީހުން ބާއްވަން ހާއްސަ އެނދާއި، ގޮދަޑީގެ އިތުރުން ވަރަށް ގިނަ ދާއިރާތަކުން ސިއްހީ ކަންކަމަށް ބޭނުންވާ ސާމާނު ލިބެން ހުރެއެވެ.

އެގޮތުން ސިއްހީ ދާއިރާގައި މަޝްހޫރު ކުންފުނިތަކުގެ ޕްރޮޑަކްޓްތަކާއެކު މެޑްޓެކުން ހުޅުވި ޝޯރޫމުގައި 'މަދާކެއާ'އިން ފެށިގެން ގޮސް އުމުރުން ދުވަސްވީ މީހުންނަށް އަޅާލަން ބޭނުންވާ އެލްޑާލީ ކެއާ ޕްރޮޑަކްޓްސް ހުންނާނެއެވެ.

މެޑް ޓެކް ހޯމްކެއާ ޝޯރޫމް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޭގެ އިތުރުން މެޑްޓެކް ހޯމްކެއާއިން ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ މީހުންނަށް ބޭނުންވާ ރެސްޕިރޭޓަރީ ތެރަޕީ އިކުއިޕްމަންޓްސް އާއި ސިއްހީ ކަންކަން މޮނީޓާ ކުރަން ބޭނުންކުރާ ވައިޓަލް ހެލްތު މޮނީޓަރިން ޑިވައިސް ލިބޭނެއެވެ. އަދި ވެއިޓް މެނޭޖްމަންޓާ ގުޅުންހުރި ގިނަ ޕްރޮޑަކްޓްތަކެއް އެ ތަނުން ލިބެން ހުރެއެވެ.

އެމްޑަބްލިއުއެސްސީ ހެޑް އޮފީސް ކުރިމައްޗަށް އޮންނަ ނިކަގަސް ހިނގުމުގައި ހުޅުވި މެޑްޓެކް ހޯމްކެއާ އިން ބޭނުންވާ ސިއްހީ ސާމާނު ވަގުތުން ގަނެވޭނެއެވެ. އަދި އެންސްޕާގެ އެހީތެރިކަމާ އެކު ސާމާނު ގަންނަ މީހުންނަށް އެ ފުރުސަތު ވެސް މެޑްޓެކް ހޯމްކެއާއިން ވަނީ ފަހިކޮށްދީފައެވެ.

މެޑްޓެކް ހޯމްކެއާގެ މެނޭޖަރު މުހައްމަދު ސަބާހު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ޒަމާނީ ޕްރޮޑަކްޓްތަކާއެކު ގިނަ ބައެއްގެ ދިރިއުޅުން ބަދަލު ކޮށްލުން ކަމަށެވެ.

މެޑް ޓެކް ހޯމްކެއާ ޝޯރޫމް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"އެގޮތުން އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން އެނދުމަތިވެފައި ތިބި މީހުންނަށް ޚާއްސަ ޕްރޮޑަކްޓްތައް އަޅުގަނޑުމެން އަތުގައި އެބަހުރި،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މެޑްޓެކް ހޯމްކެއާއިން ވިއްކާ ޕްރޮޑަކްޓްތަކަށް އާފްޓާ ސޭލް ސާވިސް ދޭނެ ކަމަށެވެ. އެގޮތުން ޕްރޮޑަކްޓްތައް ގަންނަ ކަސްޓަމަރުންނަށް ބޭނުންވާ ސަޕޯޓާއި މެއިންޓެނެންސް ޚިދުމަތް ވެސް މެޑްޓެކް ހޯމްކެއާއިން ދޭނެ ކަމަށް ޞަބާހު ވިދާޅުވިއެވެ.

މެޑްޓެކް ހޯމްކެއާ، ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 22:00އަށް ހުޅުވާފައި ހުންނާނެއެވެ. އަދި މެޑްޓެކް ހޯމްކެއާގެ ވެބްސައިޓުން ޝޯރޫމުން ލިބެން ހުންނަ ޕްރޮޑަކްޓްތައް ބަލައިލެވޭނެއެވެ.

މެޑް ޓެކް ހޯމްކެއާ ޝޯރޫމް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އޭގެ އިތުރުން ވައިބާ/ވަޓްސްއެޕް މެދުވެރިކޮށް 9902225 އަށް މެސެޖު ކޮށްގެން ނުވަތަ މެޑްޓެކްގެ ނަންބަރު 3338663 އަށް ގުޅައިގެން ވެސް ޕްރޮޑަކްޓްތަކާ ގުޅޭ މައުލޫމާތު ހޯދޭނެއެވެ. އަދި މެޑްޓެކްގެ ވެބްސައިޓުން ވެސް އެ މައުލޫމާތުތައް ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް