އާރަށު މައްސަލަ: ޔޫސުފް ނައީމްގެ ވަކީލް ބަލިިވުމުން އަޑުއެހުން ކެންސަލް

އާރަށު މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން ----

ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އާރަށު މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިއަދު 9:30ގައި ފެށުމަށް ތާވަލް ކޮށްފައިވާ އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ޔޫސުފް ނަޢީމްގެ ވަކީލުގެ ބަލި ޙާލަތު ހުރި ގޮތުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މިހާތަނަށް ނަގާފައިވަނީ ދެ ހެއްކެއްގެ ހެކި ބަހެއެވެ. އެއީ ފޮރެންސިކް ރިޕޯޓް ތައްޔާރުކުރި ދެ ފުލުހުންނެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ކުރީގެ ނައިބް ރައީސް އަޙުމަދު އަދީބްއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތު ވެސް ހިމެނެއެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް