ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސް ބައިވެރިވެވަޑައިގަތުން --

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.

މި ރީޓްރީޓް ބާއްވާފައި ވަނީ ރުވާންޑާގެ އިންޓެއާ ކޮންފަރެންސް އެރީނާގައެވެ.

މި ރީޓްރީޓް ކުރިޔަށް ގެންގޮސްފައިވަނީ ދެ ސެޝަނަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ސެޝަން އަމާޒުކޮށްފައި ވަނީ ޒުވާނުންނާއި، ޓެކްނޮލޮޖީއާއި، އީޖާދީކަމުގެ މައްޗަށެވެ. ދެ ވަނަ ސެޝަން އަމާޒު ކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކަށެވެ.

ރައީސް، ރުވާންޑާއަށް ވަޑައިގެންނެވީ ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މިއީ 2020 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވީފަހުން ބާއްވާ، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

މިބައްދަލުވުން މިބާއްވަނީ ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެން ބައްދަލުވުން ފަސްކުރުމަށް ފަހުގައެވެ.

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ މިއަހަރުގެ ބައްދަލުވުމުގެ ޝިއާރަކީ "ޑެލިވަރިން އަ ކޮމަން ފިއުޗާ: ކަނެކްޓިން، އިނޮވޭޓިން، ޓްރާންސްފޯމިން" މިއެވެ.

comment ކޮމެންޓް