ޝެއިޚް ސަމީރަށް އިންޒާރުދިން މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

ޝެއިހް އަހުމަދު ސަމީރު

ފޭސްބުކް ކޮމެންޓެއްގައި ޝެއިޚް އަޙްމަދު ސަމީރަށް އިންޒާރުދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ޔޯގާއާ ދެކޮޅަށް ޝެއިޚް ސަމީރު ދައްކާފައިވާ ވާހަކަތަކެއް މީހަކު ފޭސްބުކްގައި ޝެއާކޮށްފައި ވަނިކޮށް، އެއަަށް ކޮމެންޓު ކުރި، ކާކުކަން ނޭނގޭ އައިޑީއަކުން ވަނީ ސަމީރަށް މަރުގެ އިންޒާރު ދީފައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، އެފަދަ މައްސަލައެއް ރޭ ދަންވަރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

"ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

އިންޓަނޭޝަނަލް ޔޯގާ ޑޭ ގަލޮޅު ރަސްމީ ދަނޑުގައި އިއްޔެ ފާހަގަ ކޯށްފައި ވަނީ، އެއީ ދީނުގައި ހުއްދަނޫން ކަމެއް ކަމަށް އިލްމުވެރިން ބުނަމުން ދަނިކޮށެވެ.

އެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކު ވަދެގަނެ ވަނީ ހަމަނުޖެހުން ހިންގާފައެވެ. އެ ހަމަނުޖެހުމާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށް، މިއަދު ވަނީ މުއްދަތު ޖަހައިފައެވެ.

އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް