ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި ކޮންމެ ދުވަހަކު ލުނބޯ ފެން ބުއިން ރަނގަޅު!

ދުވާލަކު މަދުވެގެން އަށް ތަށި ފެން ބުއިމަކީ މުހިންމު ކަމެއްކަން އަހަރެމެން އެންމެނަށްވެސް އެނގެއެވެ. ހަމަ އެފަދައިން ކޮންމެ ދުވަހަކު ލުނބޯފެން ބުއިމަކީ ވެސް މުހިންމު ކަމެކެވެ. ސަބަބަކީ ލުނބޯއަކީ ސިއްހީގޮތުން އިންސާނާއަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މާއްދާތަކެއް އެކުލެވިގެންވާ މޭވާއަކަށް ވާތީއެެވެ.

ލުނބޯއަކީ ހުތް މޭވާއެއްކަމުން، އޭގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވެއެެވެ. ވިޓަމިން ސީ މުހިންމުވާ ސަބަބަކީ އެއީ ހަށިގަނޑަށް ގެންލުންދޭ ރެޑިކަލްތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑެންޓަކަށް ވާތީއެވެ.

އިންސާނާގެ ދިފާއި ނިޒާމް ވަރުގަދަކުރުމަކީ ނުރައްކާތެރި ބަލިތަކުން ހަށިގަނޑު ރައްކާތެރިކޮށްދޭނެ ކަމެކެވެ. ދުވާލަކު މަދުވެގެން އެއް ތަށި ލުނބޯފެން ބުއިމަކީ ނުރައްކާތެރި ވައިރަސްތަކާއި ބެކްޓީރިއާތަކުން އިންސާނާގެ ހަށިގަނޑު ރައްކާތެރިކޮށްދޭ ކަމެކެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ވަނީ ކޮންމެ ދުވަހަކު ލުނބޯފެން ބުއިމަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކަމެއްކަމަށެވެ.

ހުން އައުމުން ނުވަތަ ރޯގާ ޖެހުމުން ހޫނު ސައި ތައްޓަކަށް ލުނބޯ ފިތުމަށް ފަހު ސައިބުއިމަކީ އާންމު ކަމެކެވެ. އަދި އެ ސައިތަށި ބުއިމުން ހަށިގަނޑަށް ލުއިތަކެއް ލިބިގެންދެއެވެ. އެއީ ލުނބޯގައި އެކުލެވިގެންވާ އެންޓިބެކްޓީރިއަލް އަދި އެންޓިވައިރަލް މާއްދާތަކުން ބަލި ފަސޭހަ ކުރުމަށް އެހީތެރިވެދޭތީއެވެ.

އެމެރިކާގެ އޮހަޔޯ ސްޓޭޓް ޔުނިވާސިޓީގެ ދިރާސާތަކުން ދައްކާ ގޮތުގައި ލުނބޯގެ ވަސް ޖެހުމުން ވެސް މީހުންގެ މޫޑް ރަނގަޅުކޮށްދެއެވެ. އެހެންކަމުން ލުނބޯއަކީ ބޭނުންނުކޮށް ދޫކޮށްލެވޭ ވަރުގެ މޭވާއެއް ނޫނެވެ.

comment ކޮމެންޓް